ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަލީ ޖަލީލްގެ އަނބިކަނބަލުން އާމިނަތު މައުރީނާ (މައުރީން) ގެ ރެސްޓޯރެންޓަށް ގެއްލުންދީފި އެވެ.
މައުރީންގެ ރެސްޓޯރެންޓު "މިނޫޝިއާ" ހުންނަނީ ހުޅުމާލޭގައި އެވެ. އެތަނަށް ގެއްލުން ދިނީ ރޭގެ ވަގުތެއްގައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ 12:15 ހާއިރު އެތަނަށް ގެއްލުން ދިނީ ހެލްމެޓު އަޅައިގެން ހުރި މީހެކެވެ. އެމީހާ ރެސްޓޯރެންޓުގެ ބިއްލޫގަނޑު ތަޅާލީ ގަލަކުން ޖަހަ އެވެ.
ހަމަލާ ދިނުމަށް ފަހު ވަރަށް އަވަހަށް އެމީހާ ފިލައިގެން ދިޔަ ކަމަށްވެ އެވެ.
މި މައްސަލައިގަ ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް