މައްސަލަތައް ހުށަހެޅުމުން ފުލުހުންނާމެދު ރައްޔިތުންނަށް އޮންނަ އިތުބާރު ބޮޑުވެގެންދޭ: ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް

ބައެއް ފަހަރު މައްސަލަތައް ހުށަހެޅުމަށް ރައްޔިތުން ފަސްޖެހޭކަމަށާއި ނަމަވެސް މައްސަލަތައް ހުށަހެޅުމުން ފުލުހުންނާމެދު ރައްޔިތުންނަށް އޮންނަ އިތުބާރު ބޮޑުވެގެންދާކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢ...

01 Sep 2022 | 03:41

ބައެއް ފަހަރު މައްސަލަތައް ހުށަހެޅުމަށް ރައްޔިތުން ފަސްޖެހޭކަމަށާއި ނަމަވެސް މައްސަލަތައް ހުށަހެޅުމުން ފުލުހުންނާމެދު ރައްޔިތުންނަށް އޮންނަ އިތުބާރު ބޮޑުވެގެންދާކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހެޅެނީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް ކަމަށެވެ. އަދި ޓްރެފިކްގެ މައްސަލަތައް ހުށަހެޅުމުން ވާހަކަ ދައްކައިގެން ހައްލުކުރެވެން ހުންނަ މައްސަލަތައް ހައްލުކުރާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝިދު އިތުރަށް ވިދާޅުވ ފުލުހުންގެ މަސައްކަތް ބައްޓަންކޮށްފައިވަނީ ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދޭގޮތަށް ކަމަށެވެ. އަދިީ 2018 ވަނަ އަހަރުން ފެށިގެން މާލޭގެ ގެތަކަށް ޒިޔާރަތް ކުރަން ފެށުމުން އެކަން ރައްޔިތުންނަށް ވަރަށް ހިތްހަމަޖެހޭ ކަމަކަށްވެގެން ދިޔަކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މަދަނީ ޚިދުމަތަށް ފުލުހުންގެ ޚިދުމަތް ބަދަލުކުރިތާ، ސެޕްޓެމްބަރު އެއްވަނަ ދުވަހަށް 18 އަހަރު ފުރޭއިރު މަސައްކަތުގައި މިހާރު އެންމެ ބޮޑަށް ހޯދިފައި ހުރި ކުރިއެރުމަކީ ޒަމާނީ ޕޮލިސީ ކަމަށެވެ.

ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންނާ ގުޅިގެން ޚިދުމަތް ފޯރުކޮށްދިނުމަށް ގާނޫނު ވުޖޫދަށް ގެނެސްފައިވާކަން ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ ގާނޫނު ގެނައުން އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް