ސޯނިއާ ގާންދީގެ މަންމަ މާރިއާ ޕައޮލާ މައިނޯ 93 އަހަރުގައި މަރުވެއްޖެއެވެ.
އިންޑިއާގެ ކޮންގްރެސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ކޮންގްރެސް ޗީޕް، ސޯނިއާ ގާނދީގެ މަންމަ މަރުވީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ އަމިއްލަ ގޭގައި އިޓަލީގައި ކަމަށާއި ޕައޮލާގެ ޖަނާޒާ އާދިއްތަ ދުވަހު ބާއްވާފައިވާ ކަމަށެވެ.
ސޯނިއާ ގާންދީގެ މަންމަ މަރުވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ސޯނިއާ ގާނދީއަށް ތައުޒިޔާ ފޮނުއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯނިއާ ގާނދީ އާއި ރާހުލް ގާންދީ އާއި ޕްރިޔަންކާ ގާންދީ ވެސް މިވަގުތު ތިއްބެވީ އިޓަލީގައެވެ.
އިޓަލީގެ ބައެއް ފިލްމުތަކުގެ ޑައިރެކްޝަން ހަދާފައިވާ ޕައޮލާ ވަނީ ފިލްމީ އިޓަލީގެ ތިން ފިލްމެއްގައި އެކްޓްކޮށްފައެއެވެ. އަދި އޭނާއަކީ އިޓަލީގެ ކޮސްޓިއުމް ޑިޒައިނަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް