އޮގަސްޓު ނިމުނު ކޯވިޑް ވެކްސިންގެ ދެ ޑޯޒު ދެވުނީ 302،512 މީހުންނަށް

އޮގަސްޓް މަސް ނިމުނު އިރު ކޯވިޑް-19 ވެކްސިން ދެވުނީ 302،512 މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ސަރުކާރުން މަސައްކަތް ކުރީ އޮގަސްޓު މަސް ނިމުމުގެ ކުރިން ވެކްސިނ...

01 Sep 2021 | 18:23

އޮގަސްޓް މަސް ނިމުނު އިރު ކޯވިޑް-19 ވެކްސިން ދެވުނީ 302،512 މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ސަރުކާރުން މަސައްކަތް ކުރީ އޮގަސްޓު މަސް ނިމުމުގެ ކުރިން ވެކްސިން ޖެހޭ އާބާދީގެ90 ޕަސެންޓު މީހުންނަށް ވެކްސިން ދެވޭތޯ އެވެ. އެކަމަކު އެ އަމާޒު ހާސިލެއް ނުވި އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި އެންމެ ފަހުން ތަފާސް ހިސާބު ދައްކާގޮތުން އޮގަސްޓު 31ވީ އަންގާރަ ދުވަހު ކޯވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު 330 މީހަކު ޖަހާފައިވެ އެވެ. މިއާއި އެކު ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 302،512 އަށް އަރާފަ އެވެ.

އަންގާރަ ދުވަހު މާލެ ސަރަހައްދުގެ ވެކްސިން ސެންޓަރުތަކުން ދެވަނަ ޑޯޖު ޖަހާފައިވަނީ 219 މީހުންނެވެ. އަތޮޅުތެރޭގެ ވެކްސިން ސެންޓަރުތަކުން ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވަނީ 111 މީހުންނެވެ.

އިއްޔެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 824 މީހުންނެވެ. އޭގެ ތެރެއިން 357 މީހުން ފުރަތަމަ ޑޯޒު ޖެހީ މާލެއިންނެވެ. އަނެއް 467 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ އަތޮޅު ތެރޭގެ ވެކްސިން ސެންޓަރު ތަކުންނެވެ.

އަންގާރަ ދުވަހު ފުރަތަމަ ޑޯޒު ޖެހި މީހުންނާއި އެކު ރާއްޖެއިން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ 384،444 އަށް އަރާފަ އެވެ.

ރާއްޖޭގައި މިހާރު ދެމުން ދަނީ އެސްޓްރަޒެނިކާ ވެކްސިން އާއި ފައިޒާ ވެކްސިން އަދި ސިނޮފާމް ވެކްސިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް