ޤައުމީ މާމަ ކާފަ ދުވަސް ފާހަގަ ކުރުމަށް ޕެންޝަން އޮފީހުން ޚާއްސަ ހަރަކާތެއް ބާއްވައިފި

ޤައުމީ މާމަ ކާފަ ދުވަސް ފާހަގަ ކުރުމަށް ޕެންޝަން އޮފީހުން ޚާއްސަ ހަރަކާތެއް ބާއްވައިފި އެވެ. އެ އޮފީހުން ބުނީ މި ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ހަރަކާތަކީ އެ އޮފީހުގެ މުވައްޒަފުންނާއި އާ...

01 Sep 2021 | 16:16

ޤައުމީ މާމަ ކާފަ ދުވަސް ފާހަގަ ކުރުމަށް ޕެންޝަން އޮފީހުން ޚާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

އެ އޮފީހުން ބުނީ މި ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ހަރަކާތަކީ އެ އޮފީހުގެ މުވައްޒަފުންނާއި އާއިލާތައް ގުޅިގެން ބޭއްވި ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުގައި މާމައިންނާއި ކާފައިންނަށް ހަދިޔާ ބަހާފައިވާ ކަމަށެވެ.

މިހަރަކާތުގައި މިދުވަހަށް ޚާއްސަކޮށް ތައްޔާރު ކުރެވިފައިވާ ހަދިޔާ ޕިކަޕެއްގައި މާމައިންނާއި ކާފައިންނަށް ޒިޔާރަތްކޮށް ހަދިޔާ ދިނުމާއި މާލެ އަދި ހުޅުމާލޭގެ ޕާކުތަކާއި މައިޒާންތަކުގައި ވެސް ހަދިޔާ ބަހާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

ޕެންޝަން އޮފީހުން ބުނީ މި ހަރަކާތުގެ މަޤްސަދަކީ ޤައުމީ ފެންވަރުގައި މާމަ ކާފައިންނަށް ޚާއްސަ ކުރެވިގެން ފާހަގަ ކުރެވޭ މިދުވަސް ވީހާވެސް ގިނަބަޔަކަށް އަންގައިދީ މިދުވަސް ފާހަގަ ކުރުމުގެ ބޭނުން ކަމުގައިވާ، މާމައިންނާއި ކާފައިން އާއިލާތަކަށާއި ޤައުމަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމަށް ހިތްވަރު ދިނުމެވެ.

https://twitter.com/PensionOffice/status/1433007406405939201

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް