ޕީސީއާރު ޓެސްޓު ނަހަދައި ދަތުރު ކުރެވޭނެ 28 ރަށުގެ ނަން އާންމުކޮށްފި

ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ނިސްބަތަށް ބަލައި މިއަދުން ފެށިގެން ކޯވިޑް ޕީސީއާރު ޓެސްޓު ނަހަދައި ދަތުރު ކުރެވޭނެ ރަށްތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ. އެޗް...

01 Sep 2021 | 15:40

ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ނިސްބަތަށް ބަލައި މިއަދުން ފެށިގެން ކޯވިޑް ޕީސީއާރު ޓެސްޓު ނަހަދައި ދަތުރު ކުރެވޭނެ ރަށްތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.

އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން ވެކްސިން ޖަހާފައިވާ މީހުންނަށާއި ވެކްސިން ޖަހާފައިވާ ރަށްރަށުގެ ނިސްބަތަށް ބަލައި އިތުރު ލުއިތަކެއް ދޭނެ ކަން އިއުލާނުކޮށްފަ އެވެ. އެޗްޕީއޭއިން ލުއިދޭން ކަނޑައަޅާފައިވަނީ ވެކްސިން ޖަހަން ޖެހޭ އާބާދީގެ 95 ޕަސެންޓު މީހުން ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ނަމައެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް އެ ޕަސެންޓަށް ވެކްސިން ޖަހާ ނިމިފައިވަނީ 28 ރަށެއްގައި ކަމަށެވެ. އެއީ

ހއ. އުލިގަމް، މުރައިދޫ،

ހދ. ހިރިމަރަދޫ، ނެއްލައިދޫ،

ރ. މަޑުއްވަރީ، މީދޫ، އަލިފުށި،

ބ. ފެހެންދޫ، ފުޅަދޫ، ދޮންފަން، ކިހާދޫ، އޭދަފުށި، މާޅޮސް، ކަމަދޫ،

އއ. މަތިވެރި،

އދ. ދިއްދޫ، ދިގުރަށް، ފެންފުށި،

ވ. ރަކީދޫ، ފުލިދޫ،

ފ. މަގޫދޫ، ދަރަންބޫދޫ، ފީއަލި،

ލ. ހިތަދޫ،

ގއ. ދެއްވަދޫގެ އިތުރުން ރަތަފަންދޫއެވެ.

އެޗްޕީއޭއިން ބުނީ މި ރަށްތަކުގެ 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވެ އެވެ. އަދި 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ރަށްރަށުގައި ވެކްސިން ޖަހައި ނިމޭވަރަކުން އެ ލިސްޓަށް ރަށްރަށުގެ ނަންތައް އިތުރުވާނެ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް