އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުގެ ރައީސަކަށް އަނަސް

ވެރިކަން ކުރާ މައި ޕާޓީގެ އިސްތިއުނާފު މަޖިލީހުގެ ރައީސަކަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އައްޔަން ކޮށްފި އެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު...

01 Sep 2021 | 15:07

ވެރިކަން ކުރާ މައި ޕާޓީގެ އިސްތިއުނާފު މަޖިލީހުގެ ރައީސަކަށް އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އައްޔަން ކޮށްފި އެވެ.

އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އަލަށް އިންތިހާބު ކުރި އިސްތިއުނާފު މަޖިލީހުގެ އާ މެމްބަރުންގެ ފުރަތަމަ ބައްދަލުވުމުގައި މިއަދު އެވެ. އަނަސް އެ މަގާމަށް ހޮވުނީ ހަ މެމްބަރުންގެ ވޯޓުންނެވެ.

އެ މަޖިލީހުގައި ތިއްބަވަނީ ނުވަ މެމްބަރުންނެވެ. ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފަ ވަނީ ހަތް މެމްބަރުންނެވެ.

އިސްތިއުނާފު މަޖިލީހަށް މެމްބަރުން އިންތިހާބުވި ގޮތަށް ބަލާއިރު މަޖިލީހަށް ހޮވުނު ހުރިހާ މެމްބަރުންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރެއްވި ބޭފުޅުންނެވެ.

އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކު އިސްތިއުނާފު މަޖިލީހަށް ވާދަ ކުރެއްވި ނުވަ ބޭފުޅުންނަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް