ޖޭއެސްސީއަށް ބަދަލު ގެންނާނީ އެންމެންނަށް އިތުބާރު ހިފޭ ގޮތަކަށް: މަބްރޫކް

ޖޭއެސްސީއަށް ބަދަލު ގެންނާނީ އެންމެންނަށް އިތުބާރު ހިފޭ ގޮތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރ...

01 Sep 2021 | 12:38

ޖޭއެސްސީއަށް ބަދަލު ގެންނާނީ އެންމެންނަށް އިތުބާރު ހިފޭ ގޮތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ ބަދަލު ގެނައުމަށް ގާނޫނީ ދާއިރާގެ ފަންނުވެރިންގެ ލަފާ ރައީސް ސޯލިހު ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމަކީ ބޮޑު ކަމެއް ކަމަށާއި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ނަމަ، ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

"ޖޭއެސްސީ އެކުލަވާފައި އޮތް ގޮތަށް ބަދަލު ގެންނައުމަށް ރައީސް ސޯލިހް ވަނީ މަސައްކަތް ފައްޓާފަ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް ފެށުން ލަސްވެފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރޭ. ބަދަލު ގެންނަނީ ކޮން ވަގުތަކު ކަމެއް ސީދާ ބުނާކަށް ނޭނގޭ. އެކަމަކު މި ދައުރުގެ ތެރޭގައި އެކަން ކުރައްވާނެ." މަބްރޫކް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ޖުޑިޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ކަނޑައަޅާފައިވާ އިރު، އެ ކޮމިޝަންގައި ހިމެނެނީ 10 މެންބަރުން ނެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް ސޯލިހް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވައުދުވެވަޑައިގެންފައިވާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް