ތިލަމާތެ ބްރިޖު މަޝްރޫއުގައި އެންމެ މުހިންމު ކަމަކީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށް ތަރުޖަމާޏު މުހައްމަދު މަބްރޫކް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ބްރިޖު މަޝްރޫއުގެ އެގްރިމެންޓުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އާއި ނައިބު ރައީސް ބައިވެރިވެވަޑައިގެންފަ ނުވާތީ އިދިކޮޅުން ކީ ފާޑުކިޔުންތަކާއި ގުޅޭގޮތުން މިއަދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިދިކޮޅުން ބުނީ އެ ރަސްމިއްޔާތުގައި ހާއްސަކޮށް ރައީސް ބައިވެރިވެވަޑައި ނުގެންނެވުމަކީ އެ މަޝްރޫއު އާއި މެދު ރައީސްގެ އިތުބާރުނެތްކަން އެނގޭ ކަމެއް ކަމަށެވެ.
އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ އެގްރިމެންޓުގައި ސޮއި ކުރުމަކީ އަދި މަޝްރޫއު ފެށުން ނޫން ކަމަށާއި އެ ހަފްލާއަކީ ފަށައިގަތުން ކަމަށެވެ. މަބްރޫކް ވިދާޅުވީ ބްރިޖުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވަނީ އަންނަ ޑިސެމްބަރު ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ ކުރީކޮޅު ކަމަށެވެ.
އެހެން ކަމުން އަަލީ މަސައްކަތް ފަށަން ވުމުން އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ސަރުކާރަށް މުހިންމީ އެއްބަސްވުމުގައި ސޮއި ކުރާ ދުވަހަށްވުރެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ފޯރުކޮށްދޭން ފެށޭ ދުވަސް ކަމަށެވެ.
މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކާއި އެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް