އުރީދޫ މޯލްޑިވްސްއިން 3 ގުނަ އިތުރު ޑޭޓާ އެލަވަންސް އާއިއެކު އާޗާ ޕްރީޕެއިޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޚާއްޞަ އޮފަރއެއް މިއަދު ތައާރަފްކޮށްފި އެވެ.
މި އޮފަރ މެދުވެރިކޮށްމުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 180 ޖީބީ އާއި ހަމައަށް ޑޭޓާ އާއިއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެ އެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި އޮފަރ އާއި އެކު ވަނީ އިތުރަށް ފުރިހަމަވެފަ އެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސްއިން ލިބޭ ބޯނަސް އެލަވަންސް
| އާޗާ ޕްރިޕެއިޑް ޕްލޭންސް | އަގު (ރުފިޔާ) | ކޮންމެ މަހަކަށް ލިބޭ އެލަވަންސް | ބޭނުންކުރެވޭ މުއްދަތު |
| އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް | 150 | 3 ޖީބީ (ދުވާލަކު 1 ޖީބީ + 1 ޖީބީ ރެގިއުލަ ބޯނަސް ޑޭޓާ + ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް 1 ޖީބީ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް | 7 ދުވަސް |
| އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް | 500 | 3 ޖީބީ (ދުވާލަކު 1 ޖީބީ + 1 ޖީބީ ރެގިއުލަ ބޯނަސް ޑޭޓާ + ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް 1 ޖީބީ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް | 30 ދުވަސް |
| އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް | 750 | 6 ޖީބީ (ދުވާލަކު 2 ޖީބީ + 2 ޖީބީ ރެގިއުލަ ބޯނަސް ޑޭޓާ + ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް 2 ޖީބީ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް | 30 ދުވަސް |
މިއަދު މި ލޯންޗްކުރެވުނު އާޗާ ޕްރިޕެއިޑްގެ ޙާއްސަ އޮފަރ ފަރުމާ ކުރެވިފައިވަނީ ކަސްޓަމަރުން ކޮންމެތާކު ކޮންމެވަގުތެއްގައިވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިލަދީ އަދި ސްޓްރީމިންގް ޕްލެޓްފޯރމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައްވެސް އިތުރު ހާސްކަމެއްނެތި ބަލާލެވޭގޮތަށެވެ.
އާޗާ ޕްރީޕެއިޑް ނަންގަވާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލަރ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގ އެޕްތަކަށް ޚާއްޞަކޮށް ބަހާލެވިފަ އެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެ އެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:
- އުރީދޫ އެޕް: http://ore.do/app
- އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
- 1#*929* އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓްކޮށްލެވޭނެ އެވެ.
އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރީޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް