މެންޗެސްޓާ ޔުނައިޓެޑުން ސުޕަ ސްޓާރ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދި ނަމަވެސް އެ ކުލަބަށް މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ތަށި ހޯދިދާނެ ކަމާއި މެދު ޝައްކު ެުފެދޭ ކަމަށް ޔުނައިޓެޑުގެ ކުރީގެ ލެޖެންޑް އަދި ވެލެންސިއާގެ ކޯޗު ގެރީ ނެވިލް ބުނެފިއެވެ.
ސްޕޯޓްސް ކީޑާ އޮންލައިން ނޫހަށް ދިން ބަސްދީގަތުމެއްގައި ގެރީ ނެވިލް ބުނީ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވުމަކީ ލިބުނު އުފަލެއް ކަމަށާއި ނަމަވެސް ޔުނައިޓެޑުން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، ލީގު ތަށި ހޯދޭނެ ފެންވަރުގެ މޮޅު ކުޅުމެއް މި ސީޒަނުގައި އަދި ނުދެއްކޭ ކަމަށެވެ. ނަމަވެސް އެއާއި ޚިލާފަށް ޗެލްސީ އަދި މެންޗެސްޓާ ސިޓީން ފެންނަނީ ޔުނައިޓެޑަށް ވުރެ މާ ވަރުގަދަކޮށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ގެރީ ނެވިލް ބުނީ ލީގު ހޯދުމުގެ ރޭހުގައި މި ސީޒަނުގައި އެންމެ ކުރީގައި އުޅޭ ދެ ކުލަބަކީ ސިޓީއާއި ޗެލްސީ ކަމަށާއި އެ ދެ ކުލަބުގެ ކުޅުމުގެ ފެންވަރަށް ބަލާއިރު ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ޔުނައިޓެޑުގައި އެ ފެންވަރު ހުރެދާނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އިތުރަށް ގެރީ ނެވިލް ބުނީ ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުމަކީ ޓީމުގެ ފެންވަރު އިތުރަށް ވަރުގަދަ ވާނެ ސަބަބެއް ކަމަށެވެ. އެހެން ނަމަވެސް އެ ކުލަބުން މިހާތަނަށް ދައްކާފައިވާ ކުޅުމުގެ ފެންވަރަށް ބަލާއިރު ލީގު ނެގިދާނެ ކަމާއި މެދު ޝައްްކު އުފެދޭކަމަށް ވެސް ގެރީ ނެވިލް ބުންޏެވެ. އަދި ލީގު ނަގަން ބޭނުން ނަމަ ޔުނައިޓެޑުގެ ކުޅުމުގެ ފެންވަރު މިހާރަށް ވުރެ ބޮޑުތަނުން ރަނގަޅު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
" ޔުނައިޓެޑުން ރޮނާލްޑޯގެ ސޮއި ހޯދިނަމަވަވެސް ލީގު ހޯދޭނެ ކަމާއި މެދު ޝައްކު. ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް، އެކަމާއި މެދު ޝުވާލު އުފައްދާނެ ޖާގައެއް ނެތް. އެހެން ނަމަވެސް ލީގު ހޯދަން ބޭނުން ނަމަ ކުޅުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރަން ޖެހޭ. މިފަހަރުވެސް ލީގަށް އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ ޗެލްސީއާއި ސިޓީ." ގެރީ ނެވިލް ބުންޏެވެ.
ޔުނައިޓެޑުން ރޮނާލްޑޯގެ ސޮއި ހޯދާފައިވާއިރު، ރޮނާލްޑޯ އަކީ ޔުނައިޓެޑު އިތުރު ކާމިޔާބީގެ ހަރުފަތަކަށް ގެންގޮސްދޭނޭ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ޔުނައިޓެޑުގެ ކޯޗު އޮލިގަނަ ސޮލްޝެއާ ވެސް ބުނެފައިވަނީ ރޮނާލްޑޯ އާއި އެކު ޔުނައިޓެޑަށް ކާމިޔާބީތައް ހޯދިދާނޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް