ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒު ފުރިހަމަ ނުކޮށްވާ ގިނަ މީހުންނަކީ މިވަގުތު ރާއްޖެއިން ބޭރުގައި ތިބި މީހުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ90 ޕަސެންޓު މީހުންނަށް ވެކްސިން ޖަހާށެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވަނީ މިދިޔަ މަހުގެ30 ވަނަ ދުވަހުގެ ތަފާސް ހިސާބު ދައްކާގޮތުން އެ އަމާޒަކަށް ވާސިލެއް ނުވާނެ އެވެ.
މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މަބްރޫކް ވިދާޅުވީ ކުރިން ފުރަތަމަ ޑޯޒު ޖަހާފައި ތިބި މީހުންގެ ތެރެއިން ރާއްޖޭގައި ތިިބި ގިނަ ދިވެހިން ތިބީ ވެކްސިން ފުރިހަމަ ކޮށްފައި ކަމަށެވެ. މިހާރު ވެކްސިން ފުރިހަމަ ނުކުރާ ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި ތިބި މީހުން ކަމަށެވެ.
ވެކްސިންގެ ފުރަތަަ ޑޯޒު ޖަހާފައިވާ 30،000 އަށްވުރެ ގިނަ މީހުން ދެ ވަނަ ޑޯޒު ނުޖަހާ އެބަތިއްބެވެ.
މަބްރޫކް ވިދާޅުވީ ފުރަތަމަ ޑޯޒު މިހާތަނަށް 18 އަހަރުން މަތީގެ 85 ޕަސެންޓު މީހުން ޖަހާފައިވާ ކަމަށެވެ. އަދި 12 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުގެ ކުދިންގެ ތެރެއިން 80 ޕަސެންޓު ކުދިން ކޯވިޑް ވެކްސިން ޖަހާފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ383،620 މީހުންނެވެ. އަދި ދެވަނަ ޑޯޒު ޖަހާފައިވަނީ 302،182 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް