ރާއްޖޭގެ ނުވަ ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރަނީ

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ރާއްޖޭގެ 9 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ތާޒާކަމާއެކު ކަސްޓަމަރުންނާއި ހަމައަށް ދަނޑުވެރިން ހައްދާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި ...

01 Sep 2021 | 07:27

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ރާއްޖޭގެ 9 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ތާޒާކަމާއެކު ކަސްޓަމަރުންނާއި ހަމައަށް ދަނޑުވެރިން ހައްދާ ތަކެތި ފޯރުކޮށްދިނުމަށްޓަކައި އެގްރޯނެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، އެގްރޯނެޓާއެކު މަސައްކަތްކުރުމުން ދަނޑުވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދޭނެކަމަށާއި ޒުވާނުންނަށްވެސް ޓެކްނޮލޮޖީއާއި ރަހުމަތްތެރިގޮތްތަކަށް ދަނޑުވެރިކަން ކުރެވޭނެ މަގު އެގްރޯނެޓުން ފަހިކޮށްދީފައިވާކަމަށެވެ.

ހާރޫން ވިދާޅުވީ، ރާއްޖޭގެ 9 ރަށެއްގައި ފިނިކުރި ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުން އަންނަކަމަށެވެ. އަދި މި ސްޓޯރޭޖް ޤާއިމްކުރުމާއިއެކު ދަނޑުވެރިން ހައްދާ ތަކެތި ފިނިކޮށް ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ހާރޫން ވިދާޅުވިއެވެ.

އެ ކުންފުނީގެ ވިސްނުމަކީ ޔޫއެންޑީޕީގެ އެހީގައި ރަށްރަށުގައި ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ހުރިހާ ރަށަކުންވެސް މިހާރު ވަނީ ބިން ލިބިފައި. މި ހަފްތާތެރޭގައި އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް އިއުލާންކުރެވިގެންދާނެ." ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓުން ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކުގައެވެ. އެގްރޯނެޓުން ކޯލްޑް ސްޓޯރޭޖް ޤާއިމްކުރާ 9 ރަށުގެ ތެރޭގައި ހިމެނެނީ ނ.މަނަދޫ، ރ.ކިނޮޅަސް، ފ.މަގޫދޫ، ލ.ގަން، ލ.އިސްދޫ، ލ.ކަލައިދޫ، ގއ.ނިލަންދޫ، ޏ.ފުވައްމުލައް، ސ.ހުޅުމީދޫގައެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް