ހަމަށް ރައްކާތެރި "މަމާ އާތު"ގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކަށް ޕޮއިޒް ޕްރިމިއަމް!

އިންޑިއާގެ ވަރުގަދަ ބްރޭންޑެއް ކަމަށްވާ "މަމާ އާތު"ގެ ޕްރޮޑަކްޓްތައް ދިވެހިރާއްޖެއަށް ތައާރަފުކޮށް ވިއްކަން ފަށައިފިއެވެ. މި ބްރޭންޑް ރާއްޖެއަށް ތައާރަފުކުރީ ފުޅާ ދާއިރާއެއްގައި ސެންޓާއި ކޮސްމެޓިކްސްގ...

01 Sep 2021 | 06:46

އިންޑިއާގެ ވަރުގަދަ ބްރޭންޑެއް ކަމަށްވާ "މަމާ އާތު"ގެ ޕްރޮޑަކްޓްތައް ދިވެހިރާއްޖެއަށް ތައާރަފުކޮށް ވިއްކަން ފަށައިފިއެވެ. މި ބްރޭންޑް ރާއްޖެއަށް ތައާރަފުކުރީ ފުޅާ ދާއިރާއެއްގައި ސެންޓާއި ކޮސްމެޓިކްސްގެ ބާވަތްތައް ރާއްޖޭގައި ވިއްކާ ޕޮއިޒްއިންނެވެ.

ޕޮއިޒްއިން ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބްރޭންޑް ތައާރަފުކޮށްދިނީ ދިވެހި ފިލްމީ އިންޑަސްޓްރީގެ ރާނީ ނިއުމާ މުހައްމަދެވެ.

"މަމާ އާތު"ގެ ޕްރޮޑަކްޓްތައް ރޭ ތައާރަފުކުރުމާއެކު ޕޮއިޒްގެ ފިހާރަތަކުން މި ބްރޭންޑްގެ ސްކިން ކެއާރ، ހެއާރކެއާރ އަދި ބޭބީ ކެއާރގެ އިތުރުން އެހެނިހެން ބިއުޓީ ޕްރޮޑަކްތައް ލިބެން ހުންނާނެއެވެ. އަތްފޯރާ އަގެއްގައި "މަމާ އާތު"ގެ ޕްރޮޑަކްޓްތަކުގެ އޮރިޖިނަލް ރާއްޖެ އެތެރެކޮށް ވިއްކާނީ ހަމައެކަނި ޕޮއިޒްއިންނެވެ. މިއީ ގުދުރަތީ މާއްދާތަކުން ތައްޔާރުކޮށްފައިވާ އެއްވެސް ކެމިކަލްއެއް ހިމެނިފައި ނުވާ ހަށިގަނޑަށް ގެއްލުން ނުލިބޭ އުފެއްދުމެކެވެ.

މި ބްރޭންޑާއި މައުލޫމާތު ދެއްވަމުން ޕޮއިޒްގެ މެނޭޖިންގް ޑިރެކްޓަރ އިލްޔާސް މުހައްމަދު ވިދާޅުވީ، މި ބްރޭންޑްގެ ޕްރޮޑަކްޓްތަކަކީ ޓޮކްސިކް ފްރީ، އަދި ވަރަށް ބާރު ސްޕީޑެއްގައި ވިކޭ އުފެއްދުންތަކެއް ކަމަށެވެ.

ޕޮއިޒްއަކީ ސެންޓާއި ކޮސްމެޓިކްސްގެ ގިނަ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްގެން ވިއްކާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ހޮޓް އައިސް، ހޮޓް އައިސް ސްޕޯޓްސް، ފޮގް އަދި ކޮންފެޓީ ފަދަ ދިވެހިންގެ މެދުގައި މަގުބޫލު ގިނަ ބްރޭންޑުތައް ހިމެނެއެވެ.

މީގެ އިތުރުން، ދުނިޔޭގެ މަޝްހޫރު އަދި ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ފޮގް ސެންޓާއި ބޮޑީ ސްޕްރޭގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ، ޕޮއިޒް އަކީ އެކި ބްރޭންޑުތަކުގެ ސެންޓާއި ބޮޑީ ސްޕްރޭ ރާއްޖޭގައި ވިއްކާ، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ވިޔަފާރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް