ލަންކާގައި އިގުތިސޯދީ ކުއްލި ނުރައްކާ އިއުލާން ކޮށްފި

ސްރީ ލަންކާގައި އިގުތިސޯދީ ކުއްލި ނުރައްކާ އިއުލާން ކޮށްފި އެވެ. އެ ގައުމުގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގު މިހާރުވަނީ ވަރަށްބޮޑަށް އުފުލި، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، ލަންކާ ފައިސާގެ އަގު، ވަނީ ...

01 Sep 2021 | 06:28

ސްރީ ލަންކާގައި އިގުތިސޯދީ ކުއްލި ނުރައްކާ އިއުލާން ކޮށްފި އެވެ.

އެ ގައުމުގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގު މިހާރުވަނީ ވަރަށްބޮޑަށް އުފުލި، އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، ލަންކާ ފައިސާގެ އަގު، ވަނީ ވަރަށްބޮޑަށް ވެއްޓިފަ އެވެ.

ސްރީލަންކާގެ ކަމާއިގުޅުންހުރި އިދާރާތަކާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ހަނޑޫ، ހަކުރު އަދި ފުށް ފަދަ ޒަރޫރީ ކާބޯތަކެތީގެ ސަޕްލައިގެ ކޮންޓްރޯލް، އެ ފަރާތްތަކުގެ ބާރުގެ ދަށަށް ގެންދިއުމަށް މިހާރުނިންމާފައިވާ ކަމަށެވެ. އަދި އަގުތައް ކޮންޓްރޯލް ކުރުމަށް މުދާ ވިއްކޭނެ އަގުތައް ވެސް ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

މިހާލަތާއިގުޅިގެން ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ބަޔާނެއް ޢާންމުކުރައްވާފަ އެވެ.

އެ ބަޔާނުގައި ވަނި ޒަރޫރީ ކާބޯތަކެތި ވިއްކަމުން ދާނީ އިމްޕޯޓް އަގަށް ބެލުމަށްފަހު، ސަރުކާރުން ކަށަވަރު ކުރާ ރޭޓްތަކެއްގައި ކަމަށެވެ.

ސްރީލަންކާގެ ބާޒާރުގައި އޯގަސްޓް މަހުގެ އިންފްލޭޝަން ވަނީ 6 ޕަސެންޓަށް އިތުރުވެފަ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ފާއިތުވީ އަހަރެއްހާ ދުވަހު ވަނީ ވަރަށްބޮޑު ހީނަރުކަމެއް ކުރިމަތިވެފަ އެވެ. އެގޮތުން އެ ގައުމުގެ އިގުތިސޯދު ވަނީ 3.6 ޕަސެންޓަށް ދަށަށްވެސް ގޮސްފަ އެވެ.

ސްރީލަންކާގެ އިގްތިސޯދަށް މިހާބޮޑު ލޮޅުމެއް އައިސްފައި މިވަނީ މުޅި ދުނިޔެއަށް ވެރިވި ޢާލަމީ ވަބާ "ކޮވިޑް-19" ގެ ސަބަބުން ނެވެ. މި ބަލީގެ ކޭސްތައް އެ ގައުމުގައި އިތުރުވުމުގެ ސަބަބުން އިއުލާން ކުރި ލޮކްޑައުންގެ ކާފިއު، މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް މިހާރުވަނީ ދަންމާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް