ގްރީޒްމަން އެނބުރި އެތްލެޓިކޯއަށް، ސައުލް ޗެލްސީއަށް

ބާސެލޯނާއަށް ކުޅެމުން އައި ފްރާންސްގެ އިތުބާރު ފޯވާޑް އެންޓޮއިން ގްރީޒްމަން އަލުން އެނބުރި ކުރީގެ ކުލަބު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ. ގްރީޒްމަން އޭނާގެ ކުރީގެ ކުލަބު އެތްލެޓިކޯ މެޑްރިޑަށް ބ...

01 Sep 2021 | 06:14

ބާސެލޯނާއަށް ކުޅެމުން އައި ފްރާންސްގެ އިތުބާރު ފޯވާޑް އެންޓޮއިން ގްރީޒްމަން އަލުން އެނބުރި ކުރީގެ ކުލަބު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެއްޖެއެވެ.

ގްރީޒްމަން އޭނާގެ ކުރީގެ ކުލަބު އެތްލެޓިކޯ މެޑްރިޑަށް ބަދަލުވީ ލޯނު އުސޫލުން އެއް ސީޒަނަށެވެ. ނަމަވެސް އަންނަ ސީޒަނުގައި ގްރީޒްމަނުގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު އެތުލެޓިކޯއަށް އެބައޮތެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން ގްރީޒްމަން ލޯނަށް ދޫކޮށްލީ އޭނާއަށް ބާސާގައި މާ އެދެވޭ ކުޅުމެއް ނުދެއްކޭތީއެވެ.

އެތްލެޓިކޯ މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެ ދިނުމަށްފަހު ގްރީޒްމަން ބާސާއަށް ބަދަލުވީ 2019 އަހަރުގެ ހޫނު މޫސުމުގައެވެ. އެފަހަރު އޭނާ ބާސާއަށް ބަދަލުވީ އެތުލެޓިކޯ ދޫކޮށް 120 މިލިއަން ޔޫރޯގެ އަގަކަށެވެ. އެ ފަހަރު ގްރީޒްމަން ބާސާއާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ގްރީޒްމަން ލޯނު އުސޫލުން އެތްލެޓިކޯއަށް ބަދަލުވި އިރު، އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގޭޒް ވެސް ވަނީ ޗެލްސީއަށް ބަދަލުވެފައެވެ.

ސައުލް ޗެލްސީއަށް ބަދަލުވީ އެއް ސީޒަނަށެވެ. ނަމަވެސް އަންނަ ސީޒަނުގައި ސައުލްގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު ވެސް ޗެލްސީއަށް އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް