ވޯލްޑް ކަޕް ކޮލިފައިންގެ ވަރުގަދަ މެޗުތަކެއް މިރޭ

އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ގިނަ މެޗުތަކެއް މިރޭ ކުޅޭނެއެވެ. ޔޫރަޕާއި ސައުތް އެފްރިކާ ބައްރުގެ ގިނަ ކޮލިފައިން މެޗުތަކެއް މިރޭ ކުޅޭއިރު، އޭގެ ތެރެއ...

01 Sep 2021 | 05:52

އަންނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ގިނަ މެޗުތަކެއް މިރޭ ކުޅޭނެއެވެ.

ޔޫރަޕާއި ސައުތް އެފްރިކާ ބައްރުގެ ގިނަ ކޮލިފައިން މެޗުތަކެއް މިރޭ ކުޅޭއިރު، އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ މެޗުތަކުގެ ތެރޭގައި ޕޯޗުގަލް އާއި ނޯދަން އަޔަލެންޑް އަދި ފްރާންސް އާއި ބޮސްނިއާ ހަޒްގޮވީނާ ބައްދަލުކުރާ މެޗު ފާހަގަ ކޮށްލެވެއެވެ.

ޕޯޗުގަލް އަދި ނޯދަން އަޔަލެންޑް ބައްދަލުކުރާ މެޗާއި، ފްރާންސް އަދި ބޮސްނިއާ ހަޒްގޮވީނާ ބައްދަލުކުރާ މެޗު އެއް ގަޑިއެއްގައި ކުޅެން ހަމަޖެހިފައިވާއިރު، މި ދެމެޗުވެސް ކުޅޭނީ މިރޭ ރާއްޖޭ ގަޑިން 11:45 ގައެވެ.

ޔޫރަޕިއަން ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ކުޅެން ހަމަޖެހިފައިވާ އިތުރު މެޗުތައް:

19:00 - ކަޒަކިސްތާން- ޔުކްރެއިން

23:45 - ލަގްޒެންބާގް - އަޒަރަބައިޖާން

23:45 - ޑެންމާކް - ސްކޮޓްލެންޑް

23:45 - ފެރޯ އައިލެންޑް - އިޒްރޭލް

23:45 - މޮލްޑޯވާ - އޮސްޓްރިއާ

23:45 - ލެޓިވިއާ - ގިބްރޯލްޓާ

23:45 - ނޯވޭ - ނެދަލެންޑް

23:45 - ތުރުކީ - މޮންޓެނިގްރޯ

23:45 - މޯލްޓާ - ސައިޕްރަސް

23:45 - ރަޝިއާ - ކްރޮއޭޝިއާ

23:45 - ސްލޮވީނިއާ - ސްލޮވާކިއާ

ސައުތް އެފްރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މިއަދާއި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތައް:

18:00- ސެންޓްރަލް އެފްރިކާ ރިޕަބްލިކް - ކޭޕް ވާދީ އައިލެންޑް

21:00 - ސެނެގޯލް - ޓޯގޯ

21:00 - ގައިނީ ބިސާއު - ގައިނީ

00:00 - މާލީ - ރުވާންޑާ

00:00 - އިޖިޕްޓް - އެންގޯލާ

00:00 - ލީބިއާ - ގޭބަން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް