ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށް: ޓްރާންސްޕޭރެންސީ

ހއ. ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކުރީ ގަވާއިދާ ޚިލާފަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ. ފިއްލަދޫއާ އެއް ފަޅެއްގައި އޮންނަ ދައްޕަރަކީ ފަޅު ރަށެކެވެ. ފިއްލަދޫގެ އިޙްތިޞ...

01 Sep 2021 | 05:17

ހއ. ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކުރީ ގަވާއިދާ ޚިލާފަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ފިއްލަދޫއާ އެއް ފަޅެއްގައި އޮންނަ ދައްޕަރަކީ ފަޅު ރަށެކެވެ. ފިއްލަދޫގެ އިޙްތިޞާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލިބޭ ބާރުގެ ދަށުން 29 އޮގަސްޓްވީ އާދިއްތަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.

ޓްރާންސްޕޭރެންސީން ބުނީ ފިއްލަދޫ ކައުންސިލްއާއި އެރަށުގެ ރައްޔިތުން ދައްޕަރުން ނަފާ ހޯދުމަށް ތައްޔާރުވެ ތިއްބާ އެރަށުގެ ރައްޔިތުންނާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ސަރުކާރުން ނިންމި ނިންމުން ބަލައި ނުގަނެވޭނެ ކަމަށެވެ.

https://twitter.com/TransparencyMV/status/1432627503697260552

ޓްރާންސްޕޭރެންސީން ބުނީ ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ފިއްލަދޫގެ ރައްޔިތުންނާ މަޝްވަރާކުރުމަށް ޓްރާންސްޕޭރެންސީން ވަނީ އެދިފައެވެ. އަދި ރައްޔިތުންނަށް މަންފާވާނެ ގޮތަށް ކަންކަން ނިންމުމަށް ވެސް އެދިފައިވެއެވެ.

ސަރުކާރުގެ ނިންމުމާ ދެކޮޅަށް ''ސޭވް ދައްޕަރު''ގެ ނަމުގައި މިހާރު ވަނީ ޚާއްސަ ކެމްޕޭނެއް ފަށާފައެވެ.

2010 ވަނަ އަހަރު އެރަށުގައި ރިސޯޓެއް އެޅުމަށް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެތަނުގައި ރިސޯޓް ގާއިމުކުރުމުގެ މަޝްރޫއު ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން 18 މަރޗް 2020ގައި ރައީސް ޞާލިހު ވަނީ ފިއްލަދޫގެ އިޙުތިޞާސްގެ ތެރޭގައި ދައްޕަރު ހިމަނާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް