ސަނީ ލިއޯން ސަން ސިޔާމް އޮޅުވެލީގައި، ފޯރި އެބަހުރި!

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އާއިލާ އާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. ޗުއްޓީއަށް އާއިލާ ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ. ސަނީ އާއި ފިރިމީހާ ޑެނިއަލް ވެބާ އާއި އެކު އެ ދެމީހުންގ...

01 Sep 2021 | 04:06

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އާއިލާ އާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ޗުއްޓީއަށް އާއިލާ ރާއްޖެ އައިސްފައިވަނީ އިއްޔެ އެވެ. ސަނީ އާއި ފިރިމީހާ ޑެނިއަލް ވެބާ އާއި އެކު އެ ދެމީހުންގެ ދަރިން ކަމަށްވާ ނިޝާ ކައުރް ވެބާ، ނޯހް އޭޝާ ސިންގް ވެބާ އަދި ނޯން ސިންގް ވެބާ މި ދަތުރުގައި ބައިވެރިވެ އެވެ. ނިޝާ އަކީ އެމީހުން އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ.

އެ އާއިލާއިން ޗުއްޓީ ހޭދަ ކުރަމުންދަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުގައި އެވެ.

ރާއްޖެ އައި ވަގުތުން ފެށިގެން ދަތުރުގެ އެކި މަންޒަރުތައް ސަނީ ދަނީ އިންސްޓަގްރާމް މެދުވެރިކޮށް މުޅި ދުނިޔެއަށް ދައްކާލަމުންނެވެ. އިންސްޓަގްރާމްގައި 48 މިލިއަން މީހުން އޭނާ ފޮލޯކުރެ އެވެ.

މިހާތަނަށް ހިއްސާ ކޮށްފައިވާ ހާއްސަ ވަގުތުތަކަށް ބަލާއިރު ލޯންޗުގައި ރިސޯޓަށް ދިޔަ މަންޒަރާއި ރިސޯޓު މުވައްޒަފުން ބޮޑު ބެރާއި އެކު އެ އާއިލާއަށް މަރުހަބާ ކީ މަންޒަރުތައް ހިމެނެ އެވެ.

https://www.instagram.com/p/CTPqtByhUnC/

ރިސޯޓަށް ދިޔަ ފަހުން ތިން ކުދިން މޫދަށް އެރެން ގޮނޑުދޮށުގައި ތިބި ފޮޓޯއެއް ސްޓޯރީގައި ހިއްސާކޮށްފައިވެ އެވެ. އަދި ސަނީ ވަނީ އޭނާވެސް ބިކިނީގައި މޫދަށް އެރިގެން އުޅޭ މަންޒަރާއި އެކު ރާއްޖޭގެ ހިތްގައިމު މާހައުލު ފެންނަ ރީތި ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ.

ސަނީ ބުނެފައިވާ ގޮތުގައި އޭނާ ޗުއްޓީ ހޭދަ ކަމުން ދަނީ ސުވަރުގެއެއްފަ ތަނެއްގައި އެވެ. އަދި މިއީ ޕާޓީކޮށް އެކަން ފާހަގަ ކުރާ ވަގުތު ކަމަށް ބުނެފައިވެ އެވެ.

ސަނީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ރިލީޒް ވާނީ ފިލްމު "ދަ ބެޓްލް އޮފް ދިމާ ކޮރެގޯން" އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް