ބިލެއްފަހީ ބަނދަރުގެ އެއްގަމު ތޮށިލުމުގެ ފަހުގެ މަސައްކަތްތައް ފަށަނީ

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށިލުމުގެ ފަހުގެ މަސައްކަތްތައް ފަށަން ތައްުޔާރުވެއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން މައުލޫމާ...

01 Sep 2021 | 03:48

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށިލުމުގެ ފަހުގެ މަސައްކަތްތައް ފަށަން ތައްުޔާރުވެއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެފަހު ޝިޕްމަންޓް މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕްރޮޖެކްޓު ސައިޓަށް ވަނީ ގެންގޮސްފައި އެވެ.

މި މަޝްރޫޢުގެ ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. އަދި 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މަސައްކަތް އެއްކޮށް ނިންމާލާއިރު 1,150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތިވެސް ހަރުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި މަޝްރޫޢަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް