ރައީސުލްޖުމްހޫރިއްޔާ ރ މަޑުއްވަރީއަށް ވަޑައިގެންފި

އުތުރުގެ ދެ ރަށަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރ. މަޑުއްވަރީއަށް ވަޑައިގެންފި އެވެ. ‏މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަ...

01 Sep 2015 | 08:27

އުތުރުގެ ދެ ރަށަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ރ. މަޑުއްވަރީއަށް ވަޑައިގެންފި އެވެ.

‏މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށާއި މިލަދުންމަޑުލު ދެކުނުބުރީ ލަންދުއަށާއި މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދުއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވާފައިވާއިރު މި ދަތުރުފުޅުގައި މާޅޮސްމަޑުލު އުތުރުބުރީގެ އިންނަމާދޫއާއި މަޑުއްވަރިއަށް ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މިރަށްރަށުގައި ޢިމާރާތްކޮށްފައިވާ އާއިންޖީނުގެތައް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައި ވާއިރު އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ޠާރިޤް އިބްރާހީމާއި، އެމް.ޑީ.އޭގެ ލީޑަރް އަދި މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދާއި، އުނގޫފާރު ދާއިރާގެ މެމްބަރު ޖަޢުފަރު ދާއޫދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މަޢުރޫފް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް