އަޒްފާގެ މަރުގެ މައްސަލައިގާ އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސަށް ވާނީ ހުށަހަޅާފައި: އާއިލާ

އަޒްފާގެ މަރުގެ މައްސަލައިގާ އިހުމާލުވާފަރާތެއް ވާނަމަ ފިޔަވަޅު އަޅައިދިނުމަށް ރައީސަށް ހުށަހަޅާފައިވާނޭ ކަމަށް އަޒްފާގެ އާއިލާއިން ބުނެފި އެވެ. އަޒްފާގެ އާއިލާއިން މިހެން ބުނީ އެ އާއިލާއިން މިއަދު ނެ...

01 Sep 2015 | 08:14

އަޒްފާގެ މަރުގެ މައްސަލައިގާ އިހުމާލުވާފަރާތެއް ވާނަމަ ފިޔަވަޅު އަޅައިދިނުމަށް ރައީސަށް ހުށަހަޅާފައިވާނޭ ކަމަށް އަޒްފާގެ އާއިލާއިން ބުނެފި އެވެ.

އަޒްފާގެ އާއިލާއިން މިހެން ބުނީ އެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިކަމުގެ ތަހުގީގު އަވަހަށް ނިންމައިދޭނެ ކަމުގައި އުންމީދު ކުރާ ކަމަށާއި އަދި މިފަދަ ހާދިސާއެއް ދެން ނުހިނގާނެގޮތަކަށް ކަންތައްތައް ވެގެން ދިއުމަށް އުންމީދު ކުރާ ކަމަށެވެ.

އެފަދަ ހާދިސާއެއް ހިނގުމަކީ ވެގެން ވާނެ ކަމެއް ނޫން ކަމަށް ގަބޫލް ކުރާ ކަމަށާއި  އެހެން ނަމަވެސް އެ ކަން ސިޔާސީކޮށް ތަފާތު ވާހަކަތައް ފަތުރަމުން ދާތީ އެކަމާ ހިތާމަކުރާ ކަމަށް އާއިލާގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އަޒްފާ މަރުވުމަކީ އާއިލާ އަށް ވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށާއި އަދި އެހިތާމައިގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ނުހަނު އިހުލާސްތެރި ކަމާ އެކު ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން ގުޅުއްވައި ހާލު ބައްލަވާލައްވައިވާ ކަމަށާއި، އަދި ސަރުކާރުން އެކަމުގައި އެހީތެރިވެދެވޭނީ ކޮން ގޮތަކަށްތޯ ބައްލަވައި ހެއްދެވި ވެސް އާއިލާއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އަޒްފާ ރާއްޖެ އިން ބޭރަށް ފޮނުވުމަށް ޓަކައި ސަރުކާރުގެ އެހީތެރިކަން ދީފައިވާ ކަމަށާއި އައިޖީއެމްއެޗުގައި ހުރި އެންމެ ރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން އަޒްފާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށްވެސް އާއިލާގެ ބަޔާނުގއި ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް