ވައްކަމުގެ މައްސަލަތަކެއްގައި ހޯދަމުންދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ވައްކަމުގެ މައްސަލަތަކެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހޯދަމުންދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ. މި މައްސަލާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައ...

01 Sep 2015 | 06:59

ގިނަ އަދަދެއްގެ ވައްކަމުގެ މައްސަލަތަކެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހޯދަމުންދިޔަ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ  40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ގިނައަދަދެއްގެ ވައްކަމުގެ މައްސަލަތެކެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހޯދަމުން ދަނިކޮށް އާއްމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެން 2015 އޮގަސްޓް 30 ވަނަ ދުވަހުގެ 16:35 ހާއިރު ހިތަދޫއިން ކަމަށެވެ.

މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 03 ރަބަރު ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ރެކޯޑްސްތަކުން ދައްކާގޮތުން މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ މީހާއަކީ 03 ވަނަ ފަހަރު ހުއްޓުވާ ސުވާލުކޮށް 11 ފަހަރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް 09 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި މި މީހާ މައްޗައް ތުހުމަތުކުރެވޭ 03 މައްސަލައެއްގެ ތަހުޤީގް ނިންމާ ދައުވާކުރުމަށް ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވެ އެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ  މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުޤީގް ކުރިޔަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއްދީފައި ވާކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް