އުތުރުގެ ދެ އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޒިޔާރަތް ކުރައްވާނީ ނ އަތޮޅުގެ ބައެއް ރަށްތަކަށާއި ރ އަތޮޅުގެ ރަށްތަކަށް ކަމަށް ރައީސް އޮފީހުން ހާމަ ކުރެ އެވެ.
ރައީސް އޮފީހުން ބުނީ މިދަތުރުފުޅުގައި ބައެއް ރަށްރަށުގެ އިންޖީނުގެތައް ރައީސް ހުޅުއްވައުދެއްވައި އާންމުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އަދި އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދޫ ރައީސްގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް