ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން މީރާއަށް

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ހަމަޖައްސައިފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މީރާ މި މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެ އެވެ. މީރާ ހަ...

01 Sep 2015 | 05:49

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ހަމަޖައްސައިފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މީރާ މި މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެ އެވެ. މީރާ ހަމަޖައްސާފައިވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)ގެ ކޯޑިނޭޓަރު ކަމަށެވެ.

ވެރިކަންކުރާ ޕާޓީ، ޕީޕީއެމަށް މީރާ ސޮއިކުރީ އައްޑޫ އިސްމެހެލެ ހެރާގައި ރިސޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް