ގައްދުއަށް އުދައެރުމުން ރައްޔިތުންނަށްޓަކައި ފުލުހުން ބުރަ މަސައްކަތްތަކެއް

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ. ގައްދުއަށް އުދައަރައި ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ ގޯތި ގެދޮރަށާ މުދަލަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށް ގައްދޫ ...

01 Sep 2015 | 03:49

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ. ގައްދުއަށް އުދައަރައި ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ ގޯތި ގެދޮރަށާ މުދަލަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށް ގައްދޫ ގައި މަސައްކަތްކުރާ ފުލުހުން ރައްޔިތުންނާއެކު ނުކުމުގެ ބުރަ މަސައްކަތްތަކެއް ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރު ގައްދުއަށް ރާޅުއެރުމުގެ ސަބަބުން ރަށުގެ ބައެއް ސަރަޙައްދުތަކުގައި ލޮބުގަނޑު ބޮޑުވެ މީހުން ދިރިއުޅޭ ބައެއް ގޭގެއަށް ލޮނުގަނޑު ވަނަ ނުދިނުމަށްޓަކައި ރައްޔިތުންނާއެކު ފުލުހުން ނުކުމެ ވެލިގޯނި ޖަހައިދީ ގޯތި ގެދޮރު ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައި ވާކަމަށެވެ.

މީގެ އިތުރުން ގައްދުއަށް އުދަ އެރުމުގެ ސަބަބުން އެކި ސަރަޙައްދުތަކަށް އަދި ގޭގެއަށް ލިބުނު ގެއްލުމުގެ މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތްވެސް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެގޭގޭގެ މީހުންގެ ޙާލު އަހުވާލު ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ވަނީ ކުރިއަށް ގެންގޮސްފައި ވާކަމަށް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް