ހުޅުމާލޭ ރޯހައުސްއަކުން ވައްކަންކުރި ތިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ރޯހައުސްއަކުން ވައްކަންކުރި ތިން މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެމީހަކާއި 22 އަހަރުގެ މީހެކެވެ. މިމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ފުލުހުންގެ ...

01 Sep 2015 | 03:35

ހުޅުމާލޭ ރޯހައުސްއަކުން ވައްކަންކުރި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެމީހަކާއި 22 އަހަރުގެ މީހެކެވެ.

މިމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލެ، ސިޓީ ބޭކަރީ ހުންނަ އިމާރާތުގެ މަތިން ވައްކަން ކޮށްގެންއުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ 01:40 ހާއިރު ކަމަށާއި އަދި 24 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ 22:15 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ރޯހައުސްއިން ވަގަށް ނަގާފައިވާ ތަކެތި ފެނިފައިވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ބަލައިފާސްކުރިއިރު އޭނާގެ އަތުން ކަމަށާއި އެގޮތުން އޭނާގެ އަތުން ވަގަށް ނަގާފައިވާ އެޕަލް މެކްބުކް ޕްރޯއާއި އެޕަލް އައިފޯނެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަ ކުރެ އެވެ.

ފުލުހުންގެ ރެކޯޑްސްތައް ދައްކާގޮތުން މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 3 މީހުންނަކީވެސް ތަފާތު ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ. އެގޮތުން 24 އަހަރުގެ އެކަކީ މުދަލަށް ގެއްލުން ދިނުމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި ފޭރުމާއި ވައްކަން ކުރުމުގެ ރެކޯޑް އޮންނަ މީހެކެވެ.  އަދި 22 އަހަރުގެ މީހާއަކީ މާރާމާރީ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް