ފުލުހުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް ކަސްރަތު ޕްރޮގްރާމެއް

ހއ. ބާރަށު ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގުރާމެއް ފަށައިފިއެވެ. ފުލުހުން ބުނީ ބާރަށު ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ރައްކާތެރި ދިރިއުޅުމަކަށް މަ...

01 Sep 2015 | 02:42

ހއ. ބާރަށު ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގުރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ ބާރަށު ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ރައްކާތެރި ދިރިއުޅުމަކަށް މަގު ފަހިކޮށްދިނުމުގެ ގޮތުންނާއި އިޖްތިމާޢީ ގުޅުން ވަރުގަދަކޮށް ރައްޔިތުންގެ މެދުގައި އޮތް ގުޅުން މިހާރަށްވުރެ އިތުރުކުރުމާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން ފުލުހުން އިސްނަގައިގެން ހިންގާ މި ޕްރޮގްރާމް 2015 އޮގަސްޓް 28 ވަނަ ދުވަހުން ފެށިގެން 01 މަސް ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި ކަސްރަތު ކުރުމުގެ މުހިއްމުކަމާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ޤަވާއިދުން ކަސްރަތުކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މި ކުލާސްތައް ނަގައިދެނީ ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް