އަމީތާބުގެ ޓްވިޓާ އެކައުންޓް ހެކްކޮށް، ބަރަހަނާ ވެބްސައިޓްތައް ފޮލޯ ކުރަންފަށައިފި

ބޮލީވުޑް މެގަ ސްޓާ އަމީތާބު ބަޗަންގެ ޓްވިޓާ އެކައުންޓް ހެކްކޮށް އެ އެކައުންޓުން ބަރަހަނާ ވެބްސައިޓްތައް ފޮލޯ ކުރަން ފަށައިފި އެވެ. މިކަމާ ބެހޭގޮތުން އިއްޔެ އަމީތާބު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ...

01 Sep 2015 | 01:28

ބޮލީވުޑް މެގަ ސްޓާ އަމީތާބު ބަޗަންގެ ޓްވިޓާ އެކައުންޓް ހެކްކޮށް އެ އެކައުންޓުން ބަރަހަނާ ވެބްސައިޓްތައް ފޮލޯ ކުރަން ފަށައިފި އެވެ.

މިކަމާ ބެހޭގޮތުން އިއްޔެ އަމީތާބު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ޓްވިޓާ ހޭންޑަލް ހެކްކޮށް ބަރަހަނާ ވެބްސައިޓްތައް އެ އެކައުންޓުން ފޮލޯ ކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެފަދަ ވެބްސައިޓްތައް ބަލަން ބޭނުން ނުވާ ކަމަށާއި ކޮންމެވެސް އެހެން މީހެއްގެ އެކައުންޓް ހެކްކޮށްގެން އެކަން ކުރުމަށް ހެކްކުރި މީހެއްގެ ކިބައިން އެދޭ ކަމަށްވެސް އަމީތާބުގެ ޓްވީޓާގައި ބުނެފައި ވެ އެވެ.

https://twitter.com/SrBachchan/status/638229835299459072

އުމުރުން 72 އަހަރުގެ އަމީތާބުގެ ޓްވިޓާ އެކައުންޓްގައި 16 މިލިއަން ފޮލޯވާސް ތިބި އިރު އޭގެ ތެރޭގައި ބޮލީވުޑްގެ ގިނަ ސެލްބްރިޓީންތައް ހިމެނެ އެވެ. އޭގެ ތެރޭގައި ދިލިޕްކުމާރު، ހޭމާ މާލިނީ އަދި ޝާހްރުކް ޚާން ހިމެނެ އެވެ.

އަމީތާބަށް ދިމާވެގެން އުޅޭ ދުއްޕާނަކީ ހަމައެކަނި ޓްވިޓާ އެކައުންޓް ހެކްކޮށް ބަރަހަނާ ވެބްސައިޓްތައް ފޮލޯކުރުން އެކަންޏެއް ނޫނެވެ. އަމީތާބުގެ ފޯނަށް ފާޑު ފާޑުގެ ނަމްބަރުތަކުން ގިނަ އަދަދަކަށް ކާފަރު މެސެޖުތައް ފޮނުވާތާ އަހަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށްބުނެ މި މައްސަލަ އަމީތާބުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމަށްފަހު އަމީތާބު ބުނެފައިވަނީ އޭނާއަށް ފޮނުވާފައިވާ މެސެޖްތަކުގެ ސްކްރީންޝޮޓް ތަކާއެކު އެ މައްސަލަ ތަހުގީގު ކުރުމަށްއެދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް