ލީބިއާގެ ކުރީގެ ރައީސް މުއައްމަރުލް ގައްޒާފީ ސަލާމަތް ކުރުމަށް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ މަސައްކަތް ކުރިކަން ހާމަވެއްޖެ އެވެ.
މިކަން ހާމަވެފައި މިވަނީ އިގިރޭސިވިލާތުގެ ލިޔުންތެރިއަކު މިދިޔަ ހަފްތާގެ ތެރޭގައި އާންމުކުރި، މިހާރުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ ބަޔޮގްގްރަފީ އަކުންނެވެ.
އެ ބަޔޮގްރަފީގައި ވާގޮތުން ގައްޒާފީ މަރާލުމުގެ އޮޕަރޭޝަން ކުރިއަށްދަނިކޮށް އެމަނިކުފާނުގެ އޮފީހަށް ގުޅުއްވާ "ގައްޒާފީ އިނގިރޭސިވިލާތާއެކު ޑީލެއް" ހަދަން ބޭނުންވާކަމަށް ބުނިކަމަށް ވެ އެވެ. ނަމަވެސް އެ އޮޕަރޭޝަން ހުއްޓުވަން އިތުރު މަސައްކަތެއް ކޮށްފައި ނުވާކަމަށްވެސް އެ ބަޔޮގްރަފީގައި ވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގައްޒާފީ އާއި ޓޯނީ ބްލެއާ އަކީ ގާތް ގުޅުމެއް އޮތް ދެ ލީޑަރުންނެވެ. އަދި އިނގިރޭސި ވިލާތާއި ލީބިޔާއާއި ދެމެދު ގާތް ގުޅުންތަކެއް އުފެއްދުމަށް މި ދެވެރިން މަސައްކަތްތަކެއް ކުރިކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ލީބިޔާގެ ދާހިލީ ހަމަނުޖެހުންގަނޑެއްގެ ތެރޭގައި ގައްޒާފީ އަވަހާރަކޮށްލާފައިވަނީ 20 އޮކްޓޯބަރ 2011 ގަ އެވެ. ލީބިއާގެ ވެރިކަމުން އޭރު ދުރުކޮށްފައި ހުރި ކާނަލް މުއައްމަރުލް ގައްޒާފީގެ އަވަހާރަކޮށްލީ އޭނާގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު ރަށް ކަމަށްވާ އޭނާގެ އުފަން ރަށް، ސިރުތު ހިފަން އިދިކޮޅު ހަނގުރާމަވެރިން މިއަދު ހިންގި ހަރަކާތްތަކެއްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް