އައިއެސްއިން އިރާގު ސިފައިންގެ ހަތަރު މީހަކު ދިރިތިއްބާ އަންދާލައިފި

މެދުއިރުމަތީގައި ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތުން އިރާގު ސިފައިންގެ ހަތަރު މީހަކު ދިރިތިއްބާ އަންދާލާ ވީޑިއޯއެއް އާންމުކޮށްފި އެވެ. އައިއެސް އިން އާންމުކުރި ވީޑިއޯއިން ފެންނަނީ އޮރެންޖްކުލ...

01 Sep 2015 | 00:30

މެދުއިރުމަތީގައި ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތުން އިރާގު ސިފައިންގެ ހަތަރު މީހަކު ދިރިތިއްބާ އަންދާލާ ވީޑިއޯއެއް އާންމުކޮށްފި އެވެ.

އައިއެސް އިން އާންމުކުރި ވީޑިއޯއިން ފެންނަނީ އޮރެންޖްކުލައިގެ ހެދުން ލައްވާފައިތިބި ހަތަރު މީހަކު އެމީހުން އަމިއްލައަށް ތައާރަފު ވުމުގެ ފުރުސަތު ދިނުމަށްފަހު ހޮޅިއެއްގައި އެލުވާތަނެވެ. އެމީހުންގެ ދަށުން އަލިފާން ޖަހާ އަންދާލާ މަންޒަރު ވީޑިއޯއިން ދައްކުވައި ދެ  އެވެ.

ވީޑިއޯގައި ތައާރަފުވި ހަތަރު މީހުން ބުނެފައިވަނީ އެމީހުންނަކީ އިރާގު ސިފައިންގެ ބައެއް ކަމަށާއި އައިއެސްއިން އެމީހުން ހައްޔަރުކުރީ އައިއެސްއާއި ދެކޮޅަށ ހަނގުރާމަކުރަމުން ދަނިކޮށް ކަމަށެވެ.

އެ ވީޑިއޯގައި ވަކި ތާރީހެއް އާންމުކޮށްފައި ނެތުމުން އެއީ ކޮންތާރީހެއްގައި ތައްޔާރުކުރި ވީޑިއޯއެއްކަން ނޭނގުނު ނަމަވެސް އައިއެސްއިން މި ފަދަ ގޮތަކަށް ހަތަރު މީހަކު އަންދާލާފައި މިވަނީ އިރާގު ސިފައިން، އައިއެސްގެ ހަތަރު މީޙަކު އަންދާލިކަމަށް ބުނާ ހަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.

އެ ވީޑިއޯގައި ވާހަކަދައްކާ އައިއެސްގެ މީހާ ބުނެފައި ވަނީ "މިއީ ބަދަލުހިފުމެއް" ކަމަށާއި "އެމީހުން ހަމަލާދޭނަމަ އަހަރުމެންވެސް" ހަމަލާ ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް