މިހާރު ދިވެހިރާއްޖެ އޮތީކީ މީހަކު ވެރިކަން ބޭނުން ވެގެން އަންނަ ހިސާބަކު ނޫން، ވެރިކަމަށް ގެންނަންވީ ފަރަންޖީއެއް: ޔާމީން

މިހާރު ދިވެހިރާއްޖެ އޮތީ މީހަކު ވެރިކަން ބޭނުން ވެގެން އަންނަ ހިސާބަކު ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ވެރިކަން ކުރުމަށް ގެންނަވީ ފަރަންޖީއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. މިރޭ ...

01 Aug 2024 | 18:36

މިހާރު ދިވެހިރާއްޖެ އޮތީ މީހަކު ވެރިކަން ބޭނުން ވެގެން އަންނަ ހިސާބަކު ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ވެރިކަން ކުރުމަށް ގެންނަވީ ފަރަންޖީއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ދިވެހިން ކުރި ހުރިހާ ކަމެއް މިހާރު ކުރަނީ ފަރަންޖީން ކަމަށެވެ. އަދި ކިޔަވައިގެން ތިބި ދިވެހިންގެ ބޭނުން ހިފަން އެއަށް ވުރެން މަތީގައި ތިބި ސިޔާސީ ވެރިންނަށް ނޭގެންޏާ އެއީ ކިޔަވައިގެން ތިބި މީހުންގެ މައްސަލަކަމެއް ސިޔާސީ ވެރިންގެ މައްސަލަ ކަމެއް ނޭގޭކަމަށެވެ.

"އެންމެ ގިނައިން އަންނަ ޝަކުވާތަކު ތެރޭގައި މި އަންނަނީ މިތަނުގަ މިތިބީ ހައްތާހާވެސް ވެރިކަން ބޭނުންވާ. ސުބްހާނަﷲ، މިހާރު ދިވެހިރާއްޖެ އޮތީކީ މީހަކު ވެރިކަން ބޭނުންވެގެން އަންނަ ހިސާބަކު ނޫން . ދެންމެ ހުސެއިން ވަހީދު ވިދާޅުވި ގޮތަށް ވެރިކަމަށް އަޅުގަނޑުމެން ގެންނަންވީ ފަރަންޖީއެއް މިތަން ހިންގައިދޭން. އޭރުންނޫންތޯ ހުރިހާ ކަމެއް މިހާރު ފަރަންޖީން އެކުރަނީ" ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީން ވިދާޅުވީ، ސިޔާސީ ހުރިހާ މީހުން އެލްބޯޑު ޖަހައިގެން އިތުރަށް ކިޔެވުމަށް ހަމަސް ދުވަހަށް ދިޔުމަށެވެ.

ޕީއެންއެފްގެ ޖަލްސާތަކުގައި ރައީސް ޔާމީން ސަރުކާރާ ގުޅުން ހުރި އެތައް ވާހަކަތަކެއް ދައްކައެވެ. އެގޮތުން ސަރުކާރަށް ފާޑުކިޔުމާއި ރައީސުލްޖުމްހޫރިއްޔާއާއި ގުޅޭގޮތުން ޒާތްޒާތުގެ ވާހަކަތައް ވެސް ދައްކައެވެ.

މިރޭގެ ޖަލްސާގައިވެސް ސަރުކާރާ ގުޅުން ހުރި ގިނަ މައުލޫތަކަކަށް ރައީސް ޔާމިން ވަނީ ވާހަކަ ދައްކަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް