އަންހެނެއްގެ އަތްއަނބުރާލި މީހަކު 14،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އަންހެނަކު އަތް އަބުރާލި ފިރިހެނަކު ޖޫރިމަނާ ކޮށްފިއެވެ. 2021 ވަނަ އަހަރު ތެރޭގައި ހދ. މަކުނުދޫގެ ގެއެއްގެ ދޮރުމަތީ ހިނގި އެ ހާދިސާގައި ފިރިހެނެއްގެ މައްޗަށް ދައުުވާކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފ...

01 Aug 2024 | 14:58

އަންހެނަކު އަތް އަބުރާލި ފިރިހެނަކު ޖޫރިމަނާ ކޮށްފިއެވެ.

2021 ވަނަ އަހަރު ތެރޭގައި ހދ. މަކުނުދޫގެ ގެއެއްގެ ދޮރުމަތީ ހިނގި އެ ހާދިސާގައި ފިރިހެނެއްގެ މައްޗަށް ދައުުވާކުރުމުން އޭނާ ވަނީ ކުށަށް އިއުތިރާފްވެފައެވެ.

އެ މީހާގެ މައްޗަށް ކުށް ސާބިތުވެ ކޯޓުން ވަނީ ޖޫރިމަނާގެ ގޮތުގައި14،000 ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ.

އަދި އެ ފައިސާ ދެ މަސް ދުވަސް ތެރޭގައި ދެއްކުމަށް ވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމް ކޮށްފައެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތާއި އެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އައި ދެ މަސް ދުވަހުގެ ޖަލު ހުކުމް ކޯޓުން ވަނީ ޖޫރިމަނާއަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް