ހަމާސް ލީޑަރު އަވަހާރަކޮށްލި މައްސަލަ: އެމްޑީޕީ ސަރުކާރުން ނަމަ ތައުޒިޔާ ނުވެސް ކިޔާނެ: މަލްސާ

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލައިގައި ދިވެހި ސަރުކާރުން ހަނު ހުރުމުން ސޯސަލް މީޑިއާގައި ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުމުން ޑެޕިއުޓީ މިނިސްޓަރ މަލްސާ ވިދާޅުވީ، އެމް...

01 Aug 2024 | 14:30

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލައިގައި ދިވެހި ސަރުކާރުން ހަނު ހުރުމުން ސޯސަލް މީޑިއާގައި ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުމުން ޑެޕިއުޓީ މިނިސްޓަރ މަލްސާ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ނަމަ ތައުޒިޔާ ނުވެސް ކިޔާނެ ކަމަށެވެ.

މަލްސާ މިހެން ވިދާޅުވެފައިވަނީ ކުރީ ސަރުކާރުގެ ތަރުޖަމާނު މިއުވާނު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

(2) Miuvaan on X: "At last, the Government of Maldives broke the deafening silence. I wonder what was going on that is so important for the Gov to say something this late, while non-muslim nations such as Sri Lanka had the guts to say something yesterday itself. https://t.co/hP3Gyv37Ey" / X

ހަމާސްގެ ލީޑަރު އަވަހާރަވުމާއި ގުޅިގެން ދިވެހި ސަރުކާރުން ހަނު ހުރުމުން ރައްޔިތުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ހަމާސް ލީޑަރު އަވަހާރަކޮށްލުމާއި ގުޅިގެން އެކި އެކި ގައުމުތަކުން ތައުޒިޔާ މެސެޖުތަކުން ސޯސަލް މީޑިއާ ފުރާލިނަމަވެސް ދިވެހި ސަރުކާރުން އިއްޔެ އެކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

އެހެންނަމަވެސް މިއަދު ފޮރިން މިނިސްޓަރީން ވަނީ އެކަމާ ގުޅިގެނ،ް ހަމާސް ލީޑަރު އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށް  ބަޔާނެއް ނެރެފަައެވެ.

ފޮރީން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުތައް ދަމަހައްޓައި، ވީ އެންމެ އަވަހަކަށް ގާޒާގައި ސުލްހަ ގާއިމްކުރެވޭނެ ގޮތަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް