ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިިކޮށްފި

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާންގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އި...

01 Aug 2024 | 13:29

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާންގެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އިރާނުގައި އުޅުއްވަނިކޮށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަނިއްޔާއަށް ދިން އެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ވަނީ، ބައިނަލްއަގުވާމީ ގާނޫނުތައް ދަމަހައްޓައި، ވީ އެންމެ އަވަހަކަށް ގާޒާގައި ސުލްހަ ގާއިމްކުރެވޭނެ ގޮތަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށެވެ.

ހަނިއްޔާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ގަތަރުގައެވެ. ހަނިއްޔާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ، އިމާމް މުހައްމަދު ބިން އަބްދުލްވައްހާބު މިސްކިތުގައި ހުކުރު ނަމާދަށް ފަހުގައެވެ. އަދި ހަނިއްޔާ ފަސްތާނުލާނީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ގަބުރުސްތާނުގައި ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް