ލިލީ ބީޗްގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި މިއަދު 77 ބިލިޔަން ރުފިޔާ ޖަމާކޮށްފިއެވެ.
ލިލީން މިއަދު ދެންމެ ދުވަހަށް މައުލޫމާތުދިން މީހަކު ބުނީ ހެނދުނު ނިދާ ހޭލި އިރު 77 ބިލިޔަން ރުފިޔާ އެކައުންޓަށް ޖަމާވެފައިވާކަމަށާއި އިރުކޮޅެއްގެ ތެރޭގައި ދެން އެކައުންޓަށް ނުވަދެވުނު ކަމަށެވެ. ކައިރީގައި ތިބި ހަތަރު މުވައްޒަފުންގެ އެކައުންޓަށްވެސް 77 ބިލިޔަނުން ޖަމާވެފައިހުރި ކަމަށް ބުންޏެވެ.
"ހޭލެވުނީ ބިލިޔަނަރެއްގެ ގޮތުގައި، އިރުކޮޅަކުން ބިކާރީ ވެއްޖެ" ދުވަހަށް މައުލޫމާތު ހިއްސާކުރި މުވައްޒަފު ބުންޏެވެ.
ދުވަހަށް އެނގިފައިވާގޮތުގައި އެ މުވައްޒަފުންގެ އެކައުންޓަށް ޖަމާވީ އެ މުވައްޒަފެއްގެ އެކައުންޓު ނަމްބަރާއި އެއްވަރު އަދަދެކެވެ.
މިފަދަ ކަމެއް ހިނގާފައިވާއިރު މިއަދު މެންދުރުއްސުރެ ބީއެމްއެލްގެ މޯބައިލް ބޭންކިންގ އާއި އިންޓަނެޓް ބޭންކިންގ އާއި ވެބްސައިޓްގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބޭންކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް