ދާޚިލީ ކަންކަން ހަމަމަގަށް އެޅެމުން މިދަނީ "ގަޓު" ހުންނެވި ރައީސަކާ ޤައުމު ހަވާލުކުރެއްވުމުން: އިހުސާން

ދާހިލީ ކަންކަން ހަމަ މަގަށް އެޅެމުން މިދަނީ ގަޓު ހުންނެވި ރައީސަކާ ޤައުމު ހަވާލުކުރެއްވީތީ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އެކ...

01 Aug 2024 | 09:43

ދާހިލީ ކަންކަން ހަމަ މަގަށް އެޅެމުން މިދަނީ ގަޓު ހުންނެވި ރައީސަކާ ޤައުމު ހަވާލުކުރެއްވީތީ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ދާހިލީ ކަންކަން ހަމަމަގަށް އެޅެމުން މިދަނީ ރައްޔިތުން "ގަޓު" ހުންނެވި ރައީސަކާއި ގައުމު ހަވާލުކުރެއްވީތީ، އަދުގެ ރައީސް ޑރ މުއިއްޒު ނިންމަވާ ހަރުދަނާ އަދި ޖެހިލުން ކުޑަ ނިންމެވުންތައް އަޅުގަނޑުމެން ތަންފީޒު ކުރަމުން މިދަނީ"

މިނިސްޓަރ މިހާރު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވ،ީ ގާނޫނޫގެ ބާރުގަދަ ކުރާނެ ކަމަށެވެ. އަދި ގޭންގު ތައް ހަދައިގެން ހިތުހުރި ގޮތަކަށް ނޫޅެވޭނެ ކަމަށެވެ. އަދި އެއްވެސް ނުފޫޒަކަށް ވެސް މިނިސްޓަރ ނުގުޑާނެ ކަމަށް ބުނެފައި ވެއެވެ.

މިނިސްޓަރ ވިދާޅުވީ، އެއްވެސް ނުފޫޒެއް މިނިސްޓަރުގެ މައްޗަށް ނުފޯރުވޭނެ ކަމަށާއި މަސައްކަތްތައް ފެއްޓެވުމުގެ ކުރިން ރައީސްގެ އިރުޝާދު މިނިސްޓަރަށް ލިބިވަޑައިގަތީ ވެސް ނުފޫޒުގައި ނުޖެހި ކެރިގެން ގާނޫނު ތަންފީޒުކުރަން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިނިސްޓަރ ނިންމަވާ ނިންމެވުން ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ހަރުދަނާ އަދި ޖެހިލުން ކުޑަ ނިންމެވުންތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް