ބިދޭސީންގެ މާރާމާރީއެއް: އެއްބަޔަކު ހޮސްޕިޓަލަށް އަނެއް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

ބިދޭސީންތަކެއްގެ މެދުގައި ރޭގައި މާރާމާރީއެއް ހިންގާފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން މިއަދު ފުލުހުން ބުނީ އަސްރަފީ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާކަމަށް ރޭ 12:33...

01 Aug 2024 | 05:41

ބިދޭސީންތަކެއްގެ މެދުގައި ރޭގައި މާރާމާރީއެއް ހިންގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން މިއަދު ފުލުހުން ބުނީ އަސްރަފީ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާކަމަށް ރޭ 12:33 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރިކަމަށެވެ.

"މި މާރާމާރީގައި ދެމީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.

މާރާމާރީއާއި ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި އަދި އެ އެންމެންވެސް މިހާރު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް