ހަސަން ކުރުސީ ހޯދަނީ ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން

ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަނީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައ...

01 Aug 2023 | 18:51

ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަނީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެން ކަމުގައި ފުލުހުން ބުނެފިއެވެ.

ހަސަން ކުރުސީ އެކައުންޓް ހިންގަނީ ކާކުކަން ހޯދުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އަމުރެއް ނެރެފައިވާއިރު އެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.

ފުލުހުން އެކަން ހާމަކޮށްފައިވަނިކޮށް، ހަސަން ކުރުސީ ހޯދަނީ ކޮން މައްސަލައަކާއި ގުޅިގެންތޯ ވޮއިސް ނޫހުން ފުލުހުން ކުރެން ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ ހަސަން ކުރުސީ ހޯދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ހަސަން ކުރުސީގެ އަސްލު ހޯދައިދިނުމަށްއެދި ރައީސް ނަޝީދު މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފުލުހަށް މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ.

https://dhuvas.mv/235319

މައްސަލަ ހުށަހެޅުއްވުމަށްފަހު ރައީސް ނަޝިދު އޭރު ވިދާޅުވެފައިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތަކެއް އޮޅުން އަރާ އެކަމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުންވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ އެކައުންޓްގެ އަސްލު ހޯއްދަވައިދެއްވުމަށް އެދިލައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް