ޓްވިޓާގައި އީވާ އަށް ބިރުދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއަށް ބިރު ދެއްކި މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށް ފުލުހުން ބުނީ އެމީހަކު ހައްޔަރުކުރީ ...

01 Aug 2023 | 18:36

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްވިޓާގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއަށް ބިރު ދެއްކި މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނީ އެމީހަކު ހައްޔަރުކުރީ އީވާގެ ދަރިފުޅުގެ ފޮޓޯއެއް ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި މައްސަލައެއްގައި ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެމީހަކު ހައްޔަރުކުރީ މިރޭ 22:34 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް