މިއަދު އާސަންދަ ކުންފުނިން "މައި އާސަންދަ" ވެބް ޕޯޓަލް ތަޢާރަފްކޮށްފިއެވެ.
އެގޮތުން އާސަންދަ އިން ބުނާގޮތުގައި އެކުންފުނީގެ ސްކީމްގެ ތެރެއިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ފުރައިދޭ ރޭކޮމެންޑޭޝަން ފޯމު މި މަހު 15 އިން ފެށިގެން ބަލައިގަންނާނީ ހަމައެކަނި "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މި ޕޯޓަލްގެ ޙިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ހުށަހަޅަންޖެހޭ ރެކޮމެންޑޭޝަން ފޯމު ޑޮކްޓަރުންނަށް ޕޯޓަލްގެ ތެރެއިން ފަރުވާދިނުމުގެ އިތުރަށް، ވެލްފެއަރގެ އެހީތެރިކަމަށް އެދި އާސަންދަ ފްރަންޓްއޮފީހަށް ނުވަތަ އެހްން މަރުކަޒެއްގައި ހުރި ވިރަ ކައުންޓަރަކަށް ދިއުމުގެ ބަދަލުގައި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެކަމަށް އާސަންދަ އިން ބުނެފައިވެއެވެ.
އަދި އެޕްލިކޭޝަންގެ ސްޓޭޓަސް ކޮންމެ ވަގުތަކުވެސް ޕޯޓަލުން ބަލާލެވޭނެ ކަމަށާއި އެޕްލިކޭޝަން ކުރިއަށް ގެންދިޔުމަށް އިތުރު ލިޔެކިޔުން ބޭނުންވާނަމަ، ޕޯޓަލްގެ ތެރެއިން ހުށަހެޅޭނެ ކަމަށްވެސް އާސަންދަ އިން ބުނެފައިވެއެވެ.
އާސަންދާ އިން ބުނާގޮތުން މިފަދަ ޕޯޓަލްތަށް ތައާރަފްކުރުމުގެ މަގްސަދަކީ ބޭސްފަރުވާގެ ކަންކަމުގައި ދައުލަތުގެ އެހީތެރިކަމަށް އެދުމުގެ މަގު ފަސޭހަކުރުމުގެ ގޮތުން ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް