ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ށ. ގޮއިދޫ ފެނަކަ އާ އިންޖީނުގެ އޮފީސް ހުޅުއްވައިދެއްވައި ކަނޑިތީމު ފެނުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.
ރައީސް އެ ރަށުގެ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައި އަދި ކަނޑިތީމު ފެނުގެ މަޝްރޫޢުގެ ނިމުން އިފްތިތާޙްކޮށްދެއްވީ އެމަނިކުފާނު ށ. އަތޮޅަށްކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފެނަކަ އިންޖީނުގެ އާ އޮފީހަކީ، ދަތި ނުވެ 10 މުވައްޒަފުންނަށް މަސައްކަތްކުރެވޭ ޖާގަ ތަނަވަސް އިންޖީނުގެއެކެވެ.
ކުރިން އަވަށު މެދުގައި ހުރި 18 އަހަރުވީ އިންޖީނުގޭގެ ބަދަލުގައި އައު އިންޖީނުގެ ބިނާކޮށްފައިވަނީ، މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. އަދި އައު އިންޖީނުގޭގައި 4 ޖެންސެޓް ބަހައްޓާފައިވާއިރު މިހާރުގެ ކެޕޭސިޓީއަކީ، 648ކިލޯވޮޓްއެވެ.
މީގެ އިތުރަށް، ރައީސް ވަނީ ގޮއިދޫކަރަންޓްގެ ވިއުގަވެސް އިފްތިތާޙްކޮށްދެއްވާފައެވެ.
ކަނޑިތީމުގެ ފެނުގެ ނިޒާމަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންމޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏާއި ޙަވާލުކޮށްގެންކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ޤާއިމްކުރުމަށް ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ބޯ ހޯލް ތޮރުފުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ހެދުމާއި،އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލްކޮށް ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ފެން މީޓަރު ބަހައްޓައިދިނުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމި، ފެނުގެ ޚިދުމަތް ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް