އުރީދޫގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ޚާއްސަ އޮފާތަކެއް!

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ޚާއްސަ އޮފާތަކެއް ތައާރަފު ކޮށްފިއެވެ. މި އޮފާތައް ތައާރަފު ކޮށްފައި ވަނީ އުރީދޫގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތު...

01 Aug 2023 | 17:18

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ޚާއްސަ އޮފާތަކެއް ތައާރަފު ކޮށްފިއެވެ.

މި އޮފާތައް ތައާރަފު ކޮށްފައި ވަނީ އުރީދޫގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މީރުމާގައި މިއަދު ބޭއްވުނު ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި، ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރު ވަނީ އެ ކުންފުނީގެ ސްޓްރެޓެޖިކް އަޕްޑޭޓްތައް ހިއްސާކުރައްވައި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ވަރަށް ޚާއްސަ އޮފާތަކެއް ތައާރަފުކޮށްފައެވެ.

އެގޮތުން ތައާރަފު ކުރި ބައެއް އޮފާތަކުގެ ތެރޭގައި:-

ތްރޮޓްލް ނުވާ، އަންލިމިޓެޑް ސުޕަނެޓް ޕްލޭން

މިއަދު ތައާރަފް ކުރެވުނު އާ ފައިބަރ ސުޕަރނޭޓް ޕްލޭނަކީ ތްރޮޓްލް ނުވާ އަންލިމިޓެޑް ސުޕަނެޓް ޕްލޭންއެކެވެ. މުޅި މަހު 18 އެމްބީޕީއެސް ސްޕީޑާއެކު މެދުނުކެނޑި އިންޓަނެޓް ގެ ހިދުމަތް ލިބޭއިރު މި ޕްލޭނަށް މަހަކު ދައްކަން ޖެހެނީ އެންމެ 599 ރުފިޔާއެވެ.

އުރީދޫ ގެ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފްކުރެވުނު މި އާ ޕްލޭން ފަރުމާކޮށްފައި ވަނީ މެދުކެނޑުމެއްނެތި، އިންޓަނެޓް ބްރައުޒިކޮށް، ސްޓްރީމްކޮށް އަދި ގޭމުކުޅޭ ފަރާތްތަކަށްވެސް އެކަށޭނެހެންނެވެ. މި ޕްލޭން އެކްޓިވޭޓްކޮށްލުމަށް http://ore.do/supernetunlimited ޒިޔާރަތްކޮށްލުމަށް އުރީދޫއިން އެދެއެވެ.

އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެއް!

އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކާލުމުން ކޮންމެ މަހަކު ބިލް ދައްކަން ނުޖެހުމުގެ ލުއިފަސޭހައިގެ އިތުރުން ބޮޑެތި ޑިސްކައުންޓާއި ބޯނަސް ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

މިފަދަ ފައިދާތަކަކީ ދުނިޔޭގައި ކުރިއަރާފައިވާ ކުންފުނިތަކަށާއި ޕްލޭޓްފޯމް ތަކަށް ބަލާލިކަމުގައި ވިޔަސް އެއްފަހަރާ ދިގު މުއްދަތަކަށް ސަބްސްކްރައިބްކުރާ ނުވަތަ ފައިސާ ދައްކާ ކަސްޓަމަރުންނަށް ޚާއްސަ ރޭޓްތަކުގެ އިތުރު ފައިދާ ތައް ލިބޭ އެވެ.

ހަމަ އެފަދައިން އުރީދޫ އާޗާ ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިހާރު އެއްފަހަރާ ތިން މަހަށް، ހަ މަހާއި 12 މަހަށް ނުވަތަ 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް އެއްފަހަރާ ދެއްކުމަށް ޚިޔާރުކުރާ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި އިންޓަނެޓް ގެ ޙިދުމަތް ލިބުމުގެ އިތުރުން ބިލުން ބޮޑު ޑިސްކައުންޓެއް ވެސް ލިބިގެންދެ އެވެ.

އެގޮތުން ލިބޭ ދިސްކައުންޓަށް ބަލާއިރު:

  • 3 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %5 ޑިސްކައުންޓް
  • 6 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %10 ޑިސްކައުންޓް
  • 12 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %15 ޑިސްކައުންޓް
  • 24 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %20 ޑިސްކައުންޓް

މީގެ އިތުރުން މި ޕޭމަންޓް ޕްލޭން ޚިޔާރުކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހަށް ކޮންމެ މަހަކު 18 ޖީބީ ބޯނަސް ޑޭޓާ އާއި އެކު އިންޓަނެޓް ގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެއެވެ.

އުރީދޫ ޕޯސްޓްޕެއިޑް ޕެކޭޖްތައް ބަލާލުމަށް http://ore.do/payless ޒިޔާރާތްކޮށްލައްވާށެވެ.

މުޅި މަހަށް 1ޓީބީ ޑޭޓާ، 100އެމްބީޕީއެސް ސްޕީޑާއެކު 5ޖީ އެއަރފައިބަރ ގެ އައު ޕްލޭނެއް!

5ޖީ އެއާފައިބާ މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާއެކު 250 ޖީބީ ލިބޭ މި ޕްލޭނަކި ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެކެވެ. ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށް ފަހުވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދެއެވެ.

އުރީދޫ 5ޖީ އަދި 4ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑާއެކު ކަސްޓަމަރުންނަށް ހަފުތާއަކު 250 ރުފިޔާ ޓޮޕްއަޕްކޮށް މުޅި މަހަށް 1 ޓީބީ ޑޭޓާ ލިބޭނެ އެވެ.

މި ޕްލޭން އެކްޓިވޭޓް ކުރުމަށް http://ore.do/5gamers ޒިޔާރަތްކޮށްލައްވާށެވެ.

އުރީދޫ ނޭޝަން ގޭމްސް ކްލަބް

ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކާ ދިވެހި މުޖުތަމަޢު ގުޅާލުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އުރީދޫ ނޭޝަން އުރީދޫ ނޭޝަން ކްލަބް ވެސް ވަނީ ތަޢާރަފްކޮށްފައެވެ.

އުރީދޫ ނޭޝަން ވެބްސައިޓް މެދުވެރިކޮށް ވަދެވޭ މި ގޭމްސް ކަލަބްގައި، ޑިޒްނީ ބްރޭންޑްގެ ގޭމްތަކުގެ ހިތްގައިމު ކަލެކްޝަނަކާއެކު 100 އަށްވުރެ ގިނަ ގޭމުތައްމި ޕްލެޓްފޯމުގައި ހިމެނެއެވެ.

ވަރަށް ހެޔޮ އަގެއްގައި މި ހިދުމަތް ލިބޭ އިރު ކަސްޓަމަރުންނަށް ޑެއިލީ، ވީކްލީ އަދި މަންތްލީ މި ޕްލޭންތައް ނެގޭނެއެވެ.

  • ޑެއިލީ ސަބްސްކްރިޕްޝަނަށް: 24 ގަޑިއިރަށް 2 ރުފިޔާ
  • ވީކްލީ ސަބްސްކްރިޕްޝަނަށް: 7 ދުވަހަށް 10 ރުފިޔާ
  • މަންތްލީ ސަބްސްކްރިޕްޝަނަށ: 30 ދުވަހަށް 20 ރުފިޔާ

ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ސަބްސްކްރިޕްޝަން ފީ ދެއްކޭއިރު، ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށްވެސް އެއްކޮށްލެވޭނެއެވެ.

މި ޕެލެޓްފޯމަށް ސަބްސްކްރިބް ކުރާ ފަރާތްތަކަށް އޮޓޯއިން ސަބްސްކްރިޕްޝަން އައު ވާ ގޮތަށްވެސް ހަދާލެވޭނެއެވެ. ސަބްސްކްރައިބް ކޮށްލުމަށް http://ore.do/gameclub ޒިޔާރަތްކޮށްލައްވާށެވެ.

އުރީދޫ މޯލްޑިވްސްއިން ދިވެހި ރައްޔިތުންނަށް ދޭ އަހައްމިއްޔަތުކަމުގެ ޔަޤީންކަން އަރުވައި، ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތަކާއި، ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، އާ ފުރުޞަތުތަކަކަށް މީހުން ގުޅުވައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް ހިނިތުންވުން ގެނެސްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން އުރީދޫ މޯލްޑިވްސް އިން އަރުވައެވެ.

މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، ދިވެހިންގެ ޚިދުމަތުގައި ކާމިޔާބު 18 އަހަރުގެ މި ދަތުރަކީ ކަސްޓަމަރުންނާއި ޕާޓްނަރުންގެ އިތުބާރާއި ލޯތްބާއެކު ކުރި ދަތުރެއް ކަމަށެވެ.

"މި ކާމިޔާބު ހޯދުމުގައި މެދުކެނޑުމެއްނެތި ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ އެއްބާރުލުމާއި، ތަރުހީބާއި ހިތްވަރަށް ފަށްފަށުން ޝުކުރުއަދާކުރަން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކުގެ ދިރިއުޅުން މުއްސަނދިކޮށް އާ ފުރުޞަތުތަކާ ގުޅުވާލަދީ ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އަރުވަން." ޚާލިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޚާލިދު ވިދާޅުވީ މުޖުތަމައުގެ ލާބަ އާއި މަންފާއަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއިން ކުރިއަށް އޮތްތަނުގައިވެސް ދެމި އޮންނާނީ ދިވެހިންނަށް ހިނިތުންވުން ގެނެސްދޭ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް