ހަސަން ކުރުސީ ހޯދަން ކޯޓު އަމުރެއް

އެކްސް (ޓްވިޓާ)ގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓްގެ ވެރިފަރާތް ހޯދުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފިއެވެ. ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވނ...

01 Aug 2023 | 16:28

އެކްސް (ޓްވިޓާ)ގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓްގެ ވެރިފަރާތް ހޯދުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފިއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވނީ ހަސަން ކުރުސީގެ ނަމުގައި ހަރަކާތްތެރިވާ އެކައުންޓްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކޯޓު އަމުރެއްގެ ދަށުން ކުރަމުން އަންނަ ކަމަށެވެ.

12 ހާހަށްވުރެ ގިނަ މީހުން ފޮލޯ ކުރާ އެ އެކައުންޓްގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ރަސްމީ ސިފައެއްގައި ފުލުހުން ފަށާފައިވާއިރު މިއަދު ހަސަން ކުރުސީގެ އެކައުންޓުން މިކަމާއި ގުޅޭގޮތުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުން ހޯދަން ބޭނުންވާ މައުލޫމާތު އެކްސް އިން ހިއްސާކޮށްފިނަމަ އޭނާގެ އިތުރުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެކަމުގައި ގަބޫލުކުރާކަމަށެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓަކީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ އަދި ސަރުކާރާއި ވެރިންގެ އެކި އެކި ވާހަކަތައް ވަރަށް ފުޅާ ދާއިރާއެއްގައި އެކްސްގައި ހިއްސާ ކުރަމުން އަންނަ އެކައުންޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް