މިފްކޯއިން މަސްވެރިން އަތުން 41 ހާސް ޓަނު މަސް ގަނެފި

މިިދިޔަ ހުކުރުގެ ނިޔަލަށް މިފްކޯއިން މަސްވެރިންގެ އަތުން 41،041 ޓަނުގެ މަސް ގަނެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިއީ މިދިޔަ އަހަރާ އަޅާކިޔާއިރު %25 އިތުރު ވުމެކެވެ. މިފްކޯއިން ކޮންމެ ހަފްތާއަކ...

01 Aug 2023 | 12:02

މިިދިޔަ ހުކުރުގެ ނިޔަލަށް މިފްކޯއިން މަސްވެރިންގެ އަތުން 41،041 ޓަނުގެ މަސް ގަނެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއީ މިދިޔަ އަހަރާ އަޅާކިޔާއިރު %25 އިތުރު ވުމެކެވެ.

މިފްކޯއިން ކޮންމެ ހަފްތާއަކު އަދާހަމަކުރާ ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަަހަރުގެ ޖަނަވަރީއިން ފެށިގެން މިދިޔަ ހުކުރުގެ ނިޔަލަށް މަސް ކިރުވި މިންވަރު ވަނީ  އިތުރު ވެފައެވެ. މަސް ކިރުވުން މަދުވެފައި ވަނީ ވެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި އެކަންޏެވެ.

އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އަށް 5294މެޓްރިކް ޓަނުގެ މަސް ކިރުވާފައި ވާއިރު މި އަހަރު ވަނީ 4948 މެޓްރިކްޓަނުގެ މަސް ކިރުވާފައެވެ. މިއީ ފަސް އިންސައްތައިގެ މަދުވުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހުގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 24949 މެޓްރިކްޓަނުގެ މަސްކިރުވާފައި ވެއެވެ. އަދި މި އަހަރުގެ އެ މުއްދަތުގައި 31732 މެޓްރިކްޓަނުގެ މަސް ކިރުވިއިރު އެއީ 27 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ކިރުވާފައި ވަނީ 2691 މެޓްރިކް ޓަނުގެ މަހެވެ. މި އަހަރުގެ އެ މުއްދަތުގައި 4361 މެޓްރިކްޓަނުގެ މަސް ކިރުވިއިރު، އެއީ 62ަ އިންސައްތައިގެ ކުރިއެރުމެކެވެ.

ޖުމުލަކޮށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހު މިފްކޯއިން 530،259،954 މެޓްރިކްޓަނުގެ މަސް ކިރުވިއެވެ. މި އަހަރުގެ އެ މުއްދަތުގައި682،785،453  މެޓްރިކްޓަނުގެ މަސް ވަނީ ކިރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް