އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެނޑިޑެންސީ ބަލައިނުގަތީ އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި ސަރުކާރުގެ ނުފޫޒު އޮވެގެން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޔާމީނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ.
ޖަމީލު މިހެން ވިދާޅުވީ، ޔާމީނުގެ ކެނޑިޑެންސީ ބަލައި ނުގަތުމަށް އީސީން ނިންމުމާ ގުޅިގެންނެވެ.
ޖަމީލު ވިދާޅުވީ ގާނޫނާ އެއްގޮތަށް އެ މައްސަލަ ސުޕްރިމް ކޯޓަށް ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި އީސީން ނިންމާފައި ވަނީ ގާނޫނީ ގޮތުން ގޯސް ނިންމުމެއް ކަމަށާއި، އެއީ ނުބައި ތަތުބީގެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ.
https://twitter.com/MJameelAhmed/status/1686337628319494144?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1686337628319494144%7Ctwgr%5Eddca9ff37bd2d82d5e275c8bd64681048f1b9bbf%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F905020%2F
ޔާމީނުގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް އެ ކޮމިޝަނުން ކެނޑިޑެންސީ ބަލައިނުގަތް މައްސަލަ ސުޕްރިމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމްއިން ވަނީ ފަށާފައެވެ.
ޕީޕީއެމްއިން ބުނީ، ޔާމީންގެ ފަރާތްޕުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއް ކަމަށް އެކޯލިޝަން ނުދެކޭ ކަމަށެވެ.
“އިލެކްޝަންސް ކޮމިޝަންގެ ނިންމުން ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދަވާ ވާހަކަ ދެންނެވިން” ޕީޕީއެމްއިން ބުންޏެވެ.
އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާޠިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ޞައްޙަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ޕީޕީއެމްއިން ބުންޏެވެ.
އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމްއިން ވަނީ ރަނިންމޭޓަކުވެސް ކަނޑައަޅާފައެވެ. އަދި ޕީޕީއެމްގެ ކޯލިޝަން ޕާޓީ ޕީއެންސީއިން ކެނޑިޑޭޓަކު ނެރުމަށްވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް