އަޅުގަނޑުގެ ސިޔާސީ ހަޔާތް ބިނާކުރަނީ ރައީސް ސޯލިހަކަށް ނޫން، ފަތުރަނީ ދޮގު ހަބަރެއް: ނަޝީދު

ސިޔާސީ ހަޔާތް ބިނާކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް ނޫން، ކަމަށާއި މިހާރު ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، 'ރ...

01 Aug 2023 | 11:22

ސިޔާސީ ހަޔާތް ބިނާކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް ނޫން، ކަމަށާއި މިހާރު ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، 'ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ' ނަޝީދުގެ ސިޔާސީ ހަޔާތް ނިންމާލާނެކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އެކަމާ ނުރުހުން ފާޅު ކުރައްވައި ނަޝީދު ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. އަދި އެއީ ރައީސް އޮފީހުން ފައިސާ ދީގެން ފަތުރާ ދޮގު ހަބަރު ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

https://twitter.com/MohamedNasheed/status/1686330156506562560

ކުރިް އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު އެ ޕާޓީއާ މެދު ހިތްހަމަ ނުޖެހި ވަޑައިގެން، އެމްޑީޕީން ވަކިވެ އާ ޕާޓީއެއްވަނީ އުފައްދަވާފައެވެ.

'ދަ ޑިމޮކްރެޓްސް' އެއީ ނަޝީދުގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ޕާޓީއެކެވެ. ނަމަވެސް ކުރިން ލަފާކުރެވުނު ގޮތާ ހިލާފަށް ނަޝީދު ވެރިކަމަށް ކުރިމައްޗެއް ނުލައްވައެވެ.

މިއަދު ގައުމަށް ބޭނުންވަނީ ޒުވާން ލީޑަރުން ކަމަށް ބުނެ، ޑިމޮކްރެޓްސް ގެ ފަރާތުން އިންތިހާބަށް ނެރެފައި ވަނީ އިލްޔާސް ލަބީބެވެ. ނަޝީދު ވިދާޅުވީ އިލްޔާސް އެއީ މިހާރު ވެރިކަމަށް އެންމެ 'ޕާފެކްޓް' ކެނޑިޑޭޓް ކަމަށެވެ. އަދި އިލްޔާސްއާއެކު އިންތިހާބު ދެވަނަ ބުރަށް ދާނެ ކަމަށާއި، ދެވަނަ ބުރުން ޑިމޮކްރެޓްސް ކާމިޔާބު ހޯއްދަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް