ރިޔާސީ އިންތިހާބަށް ޔާމީނުގެ ޝަރުތު ހަމަ ނުވާކަމަށް އީސީން ނިންމައިފި

ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ޝަރުތު ހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަ...

01 Aug 2023 | 10:43

ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ޝަރުތު ހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ކެނޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެކަމަށްޓަކައި މިއަދު އީސީގެ އިންތިހާބީ މަރުކަޒަށް ޕީޕީއެމްގެ ލީޑަރޝީޕްގެ ގިނަ އަދަދެއްގެ މެމްބަރުންނާއެކު ވަޑައިގަންނަވާ، ފޯމު ހުށަހަޅައިދިނީ ޔާމީނުގެ އިންތިހާބީ އެޖެންޓް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްއަށް މުހައްމަދު ތޮލާލްއެވެ. އަދި އީސީގެ ފަރާތުން ފޯމާ ހަވާލުވީ އީސީގެ ރައީސް ފުއާދު ތައުފީގެވެ.

ފޯމު ބަލާ ޗެކްކުރުމަށްފަހު އީސީއިން ވަނީ ކެނޑިޑެންސީ ގަބޫލު ނުކުރާ ކަމުގެ ލިޔުން ޕީޕީއެމްއަށް ފޮނުވާފައެވެ.

އެ ލިޔުމުގައި ވާގޮތުން، ގާނޫނު އަސާސީއާއި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައި ވާ ގޮތުގެ މަތިން، ޖިނާއީ ކުށެއް ސާބިތުގެ 12 މަސް ދުވަހަށްވުރެ އިތުރު ވާނަމަ އިންތިހާބަށް ކުރިމަތިލެވޭ ޝަރުތެއް އުނިވާނެއެވެ. ޖިނާއީ ކުށެއް ސާބިތުވެ ޔާމީނު ވަނީ11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައެވެ. އެހެންކަމުން އިންތިހާބަށް ޔާމީނުގެ ޝަރުތު ހަމަ ނުވަނީއެވެ.

އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމްއިން ވަނީ ރަނިންމޭޓަކުވެސް ކަނޑައަޅާފައެވެ. އަދި ޕީޕީއެމްގެ ކޯލިޝަން ޕާޓީ ޕީއެންސީއިން ކެނޑިޑޭޓަކު ނެރުމަށްވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް