ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމުގެ ދޮންމަންމާފުޅު އަވަހާރަ ވުމާ ގުޅިގެން އެމަނިކުފާނު ތައުޒިޔާ ދަންނަވައިފިއެވެ.
މައުމޫނުގެ ދޮންމަންމާފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅެވެ.
ފާތިމަތު ހަސަން އަވަހާރަވެފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ. އުމުރުން 80 އަހަރުން މައްޗަށްގޮސްފައިވާ ފާތިމަތު ހަސަން އަވަހާރަވި އިރު ރައީސް ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ.
ފާތިމަތު ހަސަންގެ ޖަނާޒާ ބާއްވާފައި ވަނީ ރޭ ޢިޝާ ނަމާދަށް ފަހު ސްރީލަންކާގ ޖާވަތަ ޖުމްމަ މިސްކިތުގައެވެ.
https://twitter.com/maumoonagayoom/status/1686282614720888833
އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ، އެކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު އަވަހާރަވުމުންވެސް މިސަރުކާރުގެ އަނިޔާވެރިކަމުގައި ޙައްޤު ނޫން ޙުކުމެއްގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމާއި އެމަނިކުފާނަށް އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތް ކަމަށެވެ.
“ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި މިކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާއަށް، މިކޯލިޝަންގެ ލީޑާރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަން. އަދި މާތްﷲ އެމަރްޙޫމާގެ ޢާއިލާއަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަން” އެ ޕާޓީން ބުންޏެވެ.
ނަމަވެސް ކަރެކްޝަންސްއިން ބުނެފައި ވަނީ އެފަދަ ހުއްދައަކަށް ޔާމީން އެދިވަޑައިނުގަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް