މިލަންދޫގައި ފުޓުބޯޅަ ދަނޑާއި، ފެނަކާ އައު އޮފީސް އިމާރާތެއް ރައީސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ. ރައީސް މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އ...

01 Aug 2023 | 09:14

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ފުޓުބޯޅަ ދަނޑާއި، ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިލަންދޫގައި މިއަދު ހުޅުވި ފުޓުބޯޅަ ދަނޑަކީ ޒަމާނީ ފެންވަރަށް ޓަރފްއަޅައިގެން ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. ހަމަ އެފަދައިން ފެނަކަ އިމާރާތަކީވެސް ޒަމާނީ އޮފީސް އިމާރާތެކެވެ. މި އޮފީސް އިމާރާތުގައި، 54 މުވައްޒަފުންނަށް ދަތިކަމެއް ނެތި މަސައްކަތް ކުރެވޭއިރު، މިއީ ތިންބުރީގެ އޮފީސް ޢިމާރާތެކެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން ރައީސް ސޯލިހް އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެތަންތަން ރަސްމީ ގޮތުން ހުޅުއްވައި ދެއްވައި، ޚިދުމަތްތައް ދަނީ އިފްތިތާޙްކޮށްދެއްވަމުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް